މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޯކަލް ބީޗް ސަރަޙައްދުގައި ކަނޑު އުޅަނދު އެޅުންފަދަ ކަންކަން ނުކުރުމަށް އިލްތިމާސްކުރުން

          ވެލިދޫ ލޯކަލް ބީޗަކީ އެކި ޢުމުރުފުރާގެ މީހުން މުނިފޫހިފިލުވުމާއި، ބާބެކިއު ހެދުމާއި، މޫދަށް އެރުންފަދަ ބޭނުންތަކަށް ޚާއްޞަކޮށް ހެދިފައިވާ ތަނަކަށްވާއިރު އެސަރަޙައްދުގެ މޫދުގައި އެކިސައިޒުގެ ލޯންޗު ފަހަރާއި، ބޮއްކުރާ ފަދަ އުޅަނދުތައް މޫދުގައި އަޅައި، އެފަދަ އުޅަނދުތަކުގެ ތެޔޮ ބަދަލުކޮށް، ފެހި ކަހައި، އެހެލުން ފަދަ ކަންކަންކުރުމުގެ ސަބަބުން އެސަރަޙައްދުގެ މޫދާއި، އެއްގަން ބޭނުންކުރާ ފަރާތްތަކަށް އެކިވަރުގެ ގެއްލުމާއި، ދަތިތައް ކުރިމަތިވަމުންދާކަމުގެ ޝަކުވާ ދަނީ މިއިދާރާއަށް ތަކުރާރުކޮށް ހުށަހެޅެމުންނެވެ.

          ވީމާ، މިއިދާރާގެ ހުއްދަ ލިބުމަކާނުލައި ލޯކަލް ބީޗް ސަރަޙައްދުގެ މޫދުގައި އެއްވެސް އުޅަނދެއް އެޅުމާއި، އެހެލުމާއި، ބޭލުމާއި، ތެޔޮ ބަދަލުކުރުން އަދި ފެހިކެހުން ފަދަ އެއްވެސް ކަމެއް ކުރުމަކީ މަނާ ކަމެއް ކަމަށާއި، މިހިނގާ 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން މިއިން އެއްވެސް ކަމެއް ކޮށްފިނަމަ މިކައުންސިލުން އެކުލަވާލައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވިފައިވާ ނަންބަރު: 2014/R-92  " ބަނދަރު ބެލެހެއްޓުމާބެހޭ ޢާންމު އުޞޫލް " ގެ ދަށުން އުޅަނދުގެ ވެރިފަރާތާއި އެމަސައްކަތުގައި އިސްވެހުރި ފަރާތާމެދު ފިޔަވަޅު އެޅޭނެކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

29 ޖޫން 2025
ހޯދާ