ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (ސީނިއަރ ޕޭޔަބަލް އޮފިސަރ)

މަޤާމް :Senior Payable Officer
ބޭނުންވާ އަދަދު :2

މިކޯޕަރޭޝަންގެ ތިރީގައިމިވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

 މަޤާމް:

 ސީނިއަރ ޕޭޔަބަލް އޮފިސަރ

 ބޭނުންވާ ޢަދަދު:

 02 (ދޭއް)

 މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

 ކްލެސިފިކޭޝަން / ރޭންކް:

 ސީނިއަރ އޮފިސަރ - ގްރޭޑް 3

 އަސާސީ މުސާރަ:

 މަހަކު -/7,500  ރުފިޔާ

 އެހެނިހެން ޢިނާޔަތްތައް:

 - ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

 - ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %25

 - ލިވިންގ އެލަވަންސް: އަސާސީ މުސާރައިގެ 15%

 - މީގެ އިތުރުން ޕްރޮފެޝަނަލް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35 އިންސައްތަ، މަޤާމާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 އިން މަތީ ސަނަދެއް ޙާޞިލްކޮށްފައިވާނަމަ ދެވޭނެއެވެ.

 - އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ ޢުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

 ވަޒީފާ އަދާކުރަންޖެހޭ ތަން:

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހެޑްއޮފީހުގައެވެ.

 ފެންވަރު ނުވަތަ ޝަރުތު:

 - މަޤާމުގެ މަސައްކަތާ ގުޅުންހުރި ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާއެއް ޙާޞިލްކޮށްފައިވުން. ނުވަތަ،

 - މަޤާމާ ގުޅުންހުރި ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު މަޤާމާ ގުޅުންހުރި ދާއިރާއަކުން މަދުވެގެން 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

 - ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުމާއެކު މަޤާމާ ގުޅުންހުރި ދާއިރާއަކުން މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.    

 ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

 - އެކައުންޓްސް ޕޭޔަބަލް ޓްރާންސެކްޝަންތައް ރިކޮންސިލްކޮށް، ތަފާތުތަކެއް ހުރިނަމަ އެކަން ހައްލުކުރުން.

 - ހުރިހާ ފައިސާއާއި ޚަރަދުތަކުގެ ރެކޯޑް ބެލެހެއްޓުން.

 - އިންވޮއިސްތަކަކީ ޞައްޙަ އަދި ޕާޗޭސް އޯޑަރާއި ރަސީދުތަކާ އެއްގޮތްވާ އިންވޮއިސްތަކެއްކަން ކަށަވަރުކުރުން.

 - އެކައުންޓިންގ ސިސްޓަމްގައި އިންވޮއިސްތައް ރެކޯޑްކުރުން.

 - ޗެކް، އިލެކްޓްރޯނިކް ޓްރާންސްފާ، އަދި ވަޔަރ ޓްރާންސްފާ ހިމެނޭ ގޮތަށް ޕޭމަންޓް ވައުޗަރތައް ޝެޑިއުލްކޮށް ތައްޔާރުކުރުން.

 - ކުންފުނީގެ ސިޔާސަތުތަކާ އެއްގޮތަށް އަދި އެއްބަސްވެފައިވާ ޝަރުތުތަކުގެ ތެރޭގައި ފައިސާ ދެއްކޭތޯ ބެލުން.

 - ބިލިންގ ނުވަތަ ޕޭމަންޓް މައްސަލަތައް ޙައްލުކުރުމަށްޓަކައި ލެންޑަރުންނާއި ސަޕްލައިކުރާ ފަރާތްތަކާ މުޢާމަލާތްކުރުން.

 - ޕޭމަންޓް ސްޓޭޓަސްއާ ގުޅޭގޮތުން ލެންޑަރުންގެ ފަރާތުން ކުރާ ސުވާލުތަކަށް އެޑްރެސްކުރުން.

 - ދައްކަންޖެހޭ އެކައުންޓްތަކާ ގުޅޭ ރިޕޯޓްތައް ތައްޔާރުކޮށް ތަޙުލީލުކުރުން.

 - މަސް ނިމޭއިރު އަދި އަހަރު ނިމޭއިރު ބަންދުކުރުމުގެ ޕްރޮސެސްތަކުގައި އެހީތެރިވުން.

 - އެކައުންޓް ޕޭޔަބަލް އާއި ގުޅޭ އިންޓަރނަލް އަދި އެކްސްޓަރނަލް އޮޑިޓްތަކުގައި އެހީތެރިވުން.

 - މަސައްކަތުގެ ދާއިރާގައި ޙަވާލުކުރެވޭ އެހެނިހެން ކަންކަން ބެލެހެއްޓުން.

 ސުންގަޑި:

 - މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 03 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން، މިކޯޕަރޭޝަންގެ ހެޑް އޮފީހަށް ނުވަތަ މިކޯޕަރޭޝަންގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected]  އަށް ފޮނުއްވުން އެދެމެވެ.

 - ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް  www.rdc.com.mv  އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާއަށް އެދޭ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ތަޢުލީމީ ނުވަތަ އެ މަޤާމަކާއި ގުޅޭ ލިޔުން ހުށަހަޅަން ޖެހޭ މަޤާމުތަކުގެ ލިޔުންތައް.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ).
  4. ވަޒީފާއެއް އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ލިޔުމެއް.
  5. ޕޮލިސް ރިޕޯޓް (މުއްދަތުހަމަނުވާ)

 ނޯޓް:  މި އިޢުލާނާ ގުޅިގެން އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf)  ފޯމެޓްގައި އެކަނި ކަމުގައި ދެންނެވީމެވެ. އަދި މިގޮތަށް އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ ޕީ.ޑީ.އެފް (pdf)  ފައިލުގައި އެޕްލިކޭޝަން ފޯމް ހުށައަޅާ ފަރާތުގެ ނަމާއި އިޢުލާން ނަންބަރު ޖެހުމަށް ދަންނަވަމެވެ.

 އިންޓަވިއު:

 މި މަޤާމަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ ޖުލައި މަހުގެ ތާރީޚެއްގައެވެ.

 އިތުރު މަޢުލޫމާތު: 

 އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

       04 މުޙައްރަމް 1447

29 ޖޫން 2025
ހޯދާ