ތިލަދުންމަތީ އުތުރުބުރީ އުލިގަމު ސްކޫލް
ދިވެހިރާއްޖެ
ޢިމާރާތްތަކުގެ ދިޔަދޮތްވާއި، ބޭރު ސީލިންގ މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

އުލިގަމު ސްކޫލު ޢިމާރާތްތަކުގެ ދިޔަދޮތްވާއި، ބޭރު ސީލިންގް މަރާމާތު މަސައްކަތް

1- މި ސްކޫލުގެ ޢިމާރާތްތަކުގެ ދިޔަދޮވިތަކާއި، ބޭރު ސީލިންގްތަކުގައި ކުރަންޖެހޭ މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މި މަސައްކަތް ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

2- މި މަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

3- މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް ‏2025‏ ޖޫން‏ 28 ން ‏2025‏ ޖުލައި‏ 06 ގެ 14:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: https://shorturl.at/eVy4f

4-  މި ޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ ‏2025‏ ޖުލައި‏ 05 ވަނަ ދުވަހުގެ ނިޔަލަށް، މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.

5-  ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ ‏2025‏ ޖުލައި‏ 08 ވަނަ ދުވަހުގެ 13:00 ގައި އުލިގަމު ސްކޫލް އޮފީހުގައެވެ.

6-  މި ޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.

7-  މި ޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

އެޑްމިނިސްޓްރޭޝަން ސެކްޝަން

އުލިގަމު ސްކޫލް، ހއ. އުލިގަން، ދިވެހިރާއްޖެ

ފޯން: 6500548

އީމެއިލް: [email protected]

 

28 ޖޫން 2025
ހޯދާ