ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއެވެ.
މަޤާމު: |
ޑްރައިވަރ |
ބޭނުންވާ ޢަދަދު |
1 |
ވަޒީފާގެ ބާވަތް |
ކޮންޓްރެކްޓް 01 އަހަރު ދުވަސް (ފުރަތަމަ 03 މަސް ޕްރޮބޭޝަން) |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ޖެޓީ / އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް |
މުސާރަ: |
2,900.00 ރުފިޔާ - ސާރވިސް އެލަވަންސް: 1,740.00 ރުފިޔާ (ބޭސިކް މުސާރައިގެ %60) - މިނިމަމް ވޭޖް އެލަވަންސް:3,567.00 ރުފިޔާ (ބޭސިކް މުސާރައިގެ 3) |
އިތުރު ޢިނާޔަތްތައް: |
- އަދި އިތުރު ގަޑީގައި ނުވަތަ ބަންދުދުވަހެއްގައި މަސައްކަތް ކޮއްފިނަމަ ހަމަޖެހިފައިވާ އުސޫލުން ފައިސާ ލިބޭނެއެވެ. |
ޝަރުޠު: |
- ފޯކްލިފްޓް އަދި އެހެނިހެން ވެހިކަލް ދުއްވުމުގެ ލައިސަންސް އޮތުން އަދި މަސައްކަތާއި ގުޅޭ ދާއިރާގައި އުޅެ އެކަށީގެންވާ ތަޖުރިބާ ލިބިފައިވުން. - ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކު ކަމުގައިވުން. |
މަޤާމްގެ މަސްއޫލިއްޔަތުތައް |
- އޮޑިދޯނިފަހަރުންނާއި ބޯޓްފަހަރުން މަސް އަރުވައި ބޭލުމުގައި ވެހިކަލް ދުއްވުން - ޖެޓީއާއި ޕްރޮސެސިންގ ސްޓޯރޭޖް ސަރަޙައްދުތަކާއި ދެމެދު މަސް އަދި ގުޅުންހުރި ތަކެތި އުފުލުން - ވެހިކަލް ދުއްވުމުގައި ރައްކާތެރިވެ، ވެހިކަލް ސާފްކޮށް ބެލެހެއްޓުން. - ގަޑިއަށް ފަރުވާތެރިވުމާއި އެއްފަހަރާ ގިނަ ކަންކަން ކުރުމުގެ ޤާބިލުކަން |
އިންޓަރވިއުކުރުން: |
- އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއެވެ. |
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް: |
ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (ދެފުށް ފެންނާނޭހެން). ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް) ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ. (ޖޮބް އެޕްލިކޭޝަން ފޯމް) ބ- ޕޮލިސްރިޕޯޓް. |
ތަކެތި ހުށަހަޅަންޖެހޭ އޮފީސް: |
- ވަޒީފާއަށް އެދި އީމެއިލް ކުރައްވާނީ [email protected] އަށެވެ. - ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ 01 ޖުލައި 2025 ވަނަ ދުވަހު މެންދުރު 12:00ގެ ކުރިންނެވެ. - މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ. |
- ނޯޓް: މި އިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932އެކްސްޓެންޝަން 300 ފޯނަށް ގުޅުއްވުން އެދެމެވެ.
25 ޖޫން 2025