ދިވެހިރާއްޖެ
އިޢްލާން
ދ.މާއެނބޫދޫ ކައުންސިލް ފުޓްސަލް މުބާރާތް 2025
ދ.މާއެނބޫދޫ ކައުންސިލް ފުޓްސަލް މުބާރާތް 2025 ގެ ނަމުގައި (އަންހެން/ފިރިހެން) ދެ ޑިވިޝަނަށް ވަކިން ފުޓްސަލް މުބާރާތެއް ބޭއްވުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ. މި މުބާރާތުގެ ކޮންމެ ޑިވިޝަނެއްގެ ޗެމްޕިއަން ޓީމަށް -/15000 (ފަނަރަހާސް ރުފިޔާ) އަދި ރަނައަޕް ޓީމަށް -/7000 (ހަތްހާސް ރުފިޔާ) ދިނުމަށްވަނީ ހަމަޖައްސާފައެވެ.
މި މުބާރާތަކުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ޓީމުތައް ރަޖިސްޓްރީކުމުގެ ފުރުޞަތު 2025 ޖުލައި 03 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ފުރުޞަތު ހުޅުވާ ލެވިފައިވާ ވާހަކަ ދަންނަވަމެވެ. އަދި ޓީމުތަކުގެ ލިސްޓް ހުށަހެޅުން 2025 ޖުލައި 17 ވާ ބުރާސްފަތި ދުވަހުގެ 13:00 އާ ހަމައަށް ފުރުޞަތު ހުޅުވާ ލެވިފައިވާ ވާހަކަ ދަންނަވަމެވެ. މިމުބާރާތުގައި ބައިވެރިވުމަށް ހުށަހަޅަންޖެހޭ ފޯމާއި، މުބާރާތުގެ ޤަވާޢިދު އިޢްލާނާއެކު އެޓޭޗްކުރެވިފައި ވާނެއެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.