ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
"ބެސްޓް ހިއުމަން ރައިޓްސް ކްލަބް 2024-2025" އެވޯޑް އަދި "ޔަންގް ހިއުމަން ރައިޓްސް އެޑްވޮކޭޓް 2024-2025" އެވޯޑްއަށް ކުރިމަތިލުމަށް ހުޅުވާލެވިފައިވާ ފުރުޞަތުގެ މުއްދަތު އިތުރުކުރުން

އިޢުލާން

 

"ބެސްޓް ހިއުމަން ރައިޓްސް ކްލަބް 2024-2025" އެވޯޑް އަދި "ޔަންގް ހިއުމަން ރައިޓްސް އެޑްވޮކޭޓް 2024-2025" އެވޯޑްއަށް ކުރިމަތިލުމަށް ހުޅުވާލެވިފައިވާ ފުރުޞަތުގެ މުއްދަތު އިތުރުކުރުން

މިކޮމިޝަންއިން ހުޅުވާލި "ބެސްޓް ހިއުމަން ރައިޓްސް ކްލަބް 2024-2025" އެވޯޑް އަދި "ޔަންގް ހިއުމަން ރައިޓްސް އެޑްވޮކޭޓް 2024-2025"  އެވޯޑްއަށް ކުރިމަތިލުމަށް ކުރެވުނު އިޢުލާން ނަންބަރ (IUL)168/1/2025/41ގެ މުއްދަތު 10 ޖުލައި 2025 އާ ހަމަޔަށް ވަނީ އިތުރުކުރެވިފައެވެ.

"ބެސްޓް ހިއުމަން ރައިޓްސް ކްލަބް 2024-2025" އެވޯޑް އަދި "ޔަންގް ހިއުމަން ރައިޓްސް އެޑްވޮކޭޓް 2024-2025" އެވޯޑްއަކީ ސްކޫލްތަކުގެ ހިއުމަން ރައިޓްސް ކްލަބްތަކުންނާއި އެ ކްލަބްތަކުގެ ދަރިވަރުން ކުރާ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ދޭ 2 އެވޯޑެކެވެ. މި ދެ އެވޯޑް ދެވޭނީ ކޮންމެ ދިރާސީ އަހަރެއްގެ އެވޯޑަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ހާސިލުކޮށްފައިވާ އެންމެ ހަރަކާތްތެރި ހިއުމަން ރައިޓްސް ކްލަބަކަށާއި ހިއުމަން ރައިޓްސް ކްލަބްގެ ދަރިވަރަކަށެވެ.

މި ދެ އެވޯޑް ދިނުމުގެ މައިގަނޑު މަޤްޞަދަކީ އިންސާނީ ޙައްޤުތަކަށް ސްކޫލްތަކުގެ ދަރިވަރުން އަޙުލުވެރިކުރުވައި، މުސްތަޤްބަލްގައި ހިއުމަން ރައިޓްސް ޑިފެންޑަރުންގެ ގޮތުގައި މަސައްކަތްކުރާނެ ދަރިވަރުންތަކެއް އުފެއްދުމަށް ބާރުއެޅުމެވެ.

މި އެވޯޑަށް ކުރިމަތިލުމަށް ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމް، އެވޯޑަށް ހޮވުމުގައި ބަލާނެ މިންގަނޑު، އަދި އިތުރު މައުލޫމާތު ތިރީގައިވާ ވެބްސައިޓް ލިންކުން ލިބެން ހުންނާނެއެވެ.

 https://hrcm.org.mv/dv/human-rights-club

އެޕްލިކޭޝަން ހުށަހެޅުމަށް [email protected] އަށް ފޯމް އަދި ފޯމާއެކު ހުށަހަޅަންޖެހޭ އިތުރު ލިޔުންތައް އީމެއިލް ކުރެއްވުން އެދެމެވެ.

25.6.2025

25 ޖޫން 2025
ހޯދާ