ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިލެކްޝަން ކޮމިޝަންއިން ހިންގާ "ސިވިކް އެޑިއުކޭޝަން ޓްރެއިނިންގ" އާއި ގުޅޭ

ނަންބަރު: 258/258/2025/43(IUL)                            

އިޢުލާން

      

އިލެކްޝަން ކޮމިޝަންއިން ހިންގާ "ސިވިކް އެޑިއުކޭޝަން ޓްރެއިނިންގ" އާއި ގުޅޭ            

ޑިމޮކުރަސީ އާއި އިންތިޚާބީ ނިޒާމަށް ރައްޔިތުން އަހުލުވެރިކޮށް، ހޭލުންތެރިކުރުމަށް އިލެކްޝަން ކޮމިޝަންގެ ފަރާތުން 2025 ވަނަ އަހަރަށް ރާވާފައިވާ ރައްޔިތުން ހޭލުންތެރިކުރުމުގެ ޙަރަކާތްތަކުގެ ތެރެއިން، 2025 ޖުލައި 5 ވާ (ހޮނިހިރު) ދުވަހު ހދ. ހަނިމާދޫގައި، 7 ގަޑިއިރުގެ ސިވިކް އެޑިއުކޭޝަން ޕްރޮގްރާމެއް ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްއަކީ 4 މޮޑިއުލްއެއްގެ މައްޗަށް އެކުލެވިފައިވާ، ތަފާތު އެކިއެކި އެކްޓިވިޓީތައްވެސް ހިމަނައިގެން ބައިވެރިންނާ ގުޅިގެން ކުރިއަށް ގެންދެވޭނެ ޕްރޮގްރާމެކެވެ. މި މޮޑިއުލްތަކުގެ ތެރޭގައި ޑިމޮކްރެސީގެ ތަޢާރަފްއާއި، އަސާސްތަކާއި، ދައުލަތުގެ 3 ބާރާއި، ޤާނޫނު އަސާސީން ލިބިދީފައިވާ ޙައްޤުތަކާއި، ޒިންމާނެގުމާއި ޖަވާބުދާރީވުމާއި، އިންތިޚާބުތައް އަދި ސިޔާސީ ޕާޓީތައް ރެގިއުލޭޓްކުރުމާ ގުޅޭގޮތުން މައުލޫމާތު ލިބިގެންދާނެއެވެ.

ވީމާ މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތު   (ނަން، އައިޑީ ނަންބަރު ، އެޑްރެސް)  2025 ޖޫން 29 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން މި ކައުންސިލްގެ ވައިބާރ ނަންބަރު 7440028 އަށް ހިއްސާކޮށްދެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯދުމަށް ހަނިމާދޫ ކައުންސިލްގެ ސީނިއަރ ކައުންސިލް އޮފިސަރ، މަރްޔަމް ޝައިމާ (7916819) އަށް ގުޅުއްވުން އެދެމެވެ.

ވީމާ މިކަން އާންމުކޮށް އަންގާ އިއުލާން ކުރަމެވެ.         

            29 ޛުލްޙިއްޖަ 1446

            25 ޖޫން 2025  

25 ޖޫން 2025
ހޯދާ