އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ބައްދަލުވުމުގެ ދަޢުވަތު

ރައްޔިތުންގެ ބައްދަލުވުމުގެ ދަޢުވަތު

 

         ޤާނޫނު ނަންބަރު: 2025-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 110 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކައުންސިލްގެ ކުރިއަށް އޮތް އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓާއި ގުޅޭގޮތުން ރައްޔިތުންގެ ޙިޔާލާއި، މަޝްވަރާ ހޯދުމަށް ބާއްވާ ބައްދަލުވުން 10 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ ރޭ 20:45 ގައި އދ. މަންދޫ ޒުވާނުންގެ މަރުކަޒުގެ ހޯލުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

 

 

                       ބައްދަލުވުމުގެ އެޖެންޑާ

1

2025 ވަނަ އަހަރުގެ ވޭތުވެދިޔަ 06 މަސްދުވަހު ހިންގި ހަރަކާތްތަކުގެ މަޢުލޫމާތު ދިނުން.

2

2026 ވަނަ އަހަރަށް މިކައުންސިލުން ހިންގުމަށް ބޭނުންވާ ކަންކަމާއި ބެހޭގޮތުން މަޝްވަރާ ހޯދުން.

3

2026 ވަނަ އަހަރަށް އެކުލެވޭ ބަޖެޓާއި ބެހޭ މަޢުލޫމާތު ދިނުމާއި މަޝްވަރާ ހޯދުން.

 

      ވީމާ، މިބައްދަލުވުމަށް ވަޑައިގެންދެއްވުމަށް މިރަށުގައި ދިރިއުޅޭ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

25 ޖޫން 2025
ހޯދާ