މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތު ވޭޖް ޕޫލްގައި ރަޖިސްޓްރީ ވުމުގެ ފުރުޞަތު

އިޢުލާން

މިސްކިތު ވޭޖް ޕޫލްގައި ރަޖިސްޓްރީ ވުމުގެ ފުރުޞަތު

 މިރަށު މިސްކިތްތަކުގެ ކައުންސިލް އެސިސްޓެންޓުން އަހަރީ ޗުއްޓީ، އާއިލީ ޒިންމާ ޗުއްޓީ، ސަލާމް، ނޯޕޭލީވް ނެންގެވުމުގެ ސަބަބުން ވަގުތީގޮތުން މިސްކިތްތަކުގައި މަސައްކަތުމީހުން ގެންގުޅެންޖެހޭ ޙާލަތްތަކުގައި ވޭޖު އުޞޫލުން މަސައްކަތްކުރުމަށްޓަކައި ކައުންސިލް އެސިސްޓެންޓުންގެ ޕޫލެއް އެކުލަވާލަން ބޭނުންވެއްޖެއެވެ. 

މާޤާމް:

ބޭނުންވާ ޢަދަދު

ޝަރުތު

އުޖޫރަ ދެވޭގޮތް

ކައުންސިލް އެސިސްޓެންޓް

2

  1. ކޮންމެ ނަމާދު ވަގުތެއްގެ 15 މިނިޓް ކުރިން މިސްކިތަށް ގޮސް ނަމާދު ކުރެވޭ ގޮތަށް މިސްކިތް ސާފުކުރުން.
  2.  ސުޕަވައިޒަރ އަންގާ ގޮތެއްގެ މަތިން މިސްކިތް ފޮޅާ ސާފުކުރުމާއި  ފާޚާނާ އާއި އިސްކުރު ބަރިތައް ޤަވާއިދުން ސާފުކޮށް ބެލެހެއްޓުމާއި، މިސްކިތުގެ ގޯތިތެރެއާއި، މިސްކިތާއި އިންވެގެން އޮންނަ މަގުތައް ކުނިކަހާ ސާފުކުރުން.
  3. މިސްކިތުގެ ބިއްލޫރިތަކާއި، ދޮރުތަކާއި، ފަންކާތަކާއި، އޭސީތައް އަދި ކަބަޑުތައް ފޮޅާ ސާފުކުރުން
  4. މިސްކިތުގެ ފަންކާތަކާއި، ބޮކިތައް، އަދި އޭސީތައް ޖައްސާ، ނިއްވުން.
  5. މިސްކިތަށް ލިބެމުންދާ ގެއްލުންތައް ޤަވާޢިދުން ސުޕަވައިޒަރަށް އަންގަމުން ގެންދިއުން.
  6. މިސްކިތުގެ ގޯތިތެރޭގައި ގަސްއިންދާ، ފެންދީ، ގަސްތަށް ކޮށާ ބެލެހެއްޓުން.
  7. ކައުންސިލްގެ އިދާރާއިން ފޯރުކޮށްދޭ އެހެނިހެން ޚިދުމަތްތަކާއި ހިނގާ އެކިއެކި ޕްރޮގްރާމާއި، މުނާސަބަތުތައް ހިންގުމަށް ކައުންސިލުން އަންގައިފި ހިނދެއްގައި  ފުރިހަމައަށް އެއްބާރުލުން ދިނުން.

 

 

 

 

 

 

ކޮންމެ ނަމާދުވަގުތަކަށް 45.00ރ

ވީމާ، މި ޕޫލްގައި ރަޖިސްޓްރީވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 03 ޖުލައި 2025 ވާ ބުރާސްފަތި ދުވަހު 13:00 ގެ ކުރިން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީއަކާއި ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (ދާއިރާއާއިގުޅޭ) ކޮޕީއާއިއެކު ސިޓީއަކުން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

24 ޖޫން 2025
ހޯދާ