ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިލަދެކުނު ޤުރުއާން މުބާރާތް 2025 އާގުޅޭ

މި އިޢުލާންވަނީ 24 ޖޫން 2025 21:14 ގައި ބާތިލް ކުރެވިފައެވެ.


ހދ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން  ބާއްވަމުންދާ "ތިލަދެކުނު ޤުރްއާން މުބާރާތް 2025" ގައި (އާއްމުންގެ ބައިން) ބައިވެރިވުމަށް މިކައުންސިލްގެ 199 ވަނަ ޢާއްމު ބައްދަލުވުމުގައިވަނީ ނިންމާފައެވެ.

ވީމާ، އާންމުންގެ ބައިން  ބައިވެރިވުމަށް 3 ބޭފުޅުންނަށް ފުރުސަތު ހުޅުވާލެވިފައިވާއިރު މިކެޓަގަރީގައި ބައިވެރިވެވޭނީ ސްކޫލް ދަރިވަރުން ފިޔަވާ ރަށަށް ނިސްބަތްވާ ފަރާތްތަކަށެވެ.

މުބާރާތުގެ މުޤައްރަރު: (އާއްމުންގެ ބައި)

 

ނުބަލާ ކިޔެވުން

ބަލައިގެން ކިޔެވުން

#

ބައިތައް

ފެށޭކޮޅު

ނިމޭކޮޅު

#

ބައިތައް

ފެށޭކޮޅު

ނިމޭކޮޅު

1

15 ފޮތުގެ ބައި

ފޮތް 1 - 15

ފޮތް 16 - 30

1

30 ފޮތުގެ ބައި

ފޮތް 1 - 30

2

20 ފޮތުގެ ބައި

ފޮތް 1 - 20

ފޮތް 11 - 30

 

 

ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ބޭފުޅުން 07 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން އެބޭފުޅެއްގެ ނަމާއި، އެޑްރެސް، އައިޑީ ކާޑު ނަންބަރު އަދި ގުޅޭނެ ނަންބަރ ޖެއްސެވުމަށްފަހު މި ކައުންސިލުގެ ވައިބަރ ނަންބަރ 7510034 އަށް "ތިލަދެކުނު ޤުރުއާން މުބާރާތް 2025" ބަލައިގެން ކިޔެވުމުގެ ގޮފި ނުވަތަ ނުބަލާ ކިޔެވުމުގެ ގޮފި ޖެއްސެވުމަށްފަހު މެސެޖުކުރެއްވުން އެދެމެވެ. އަދި މި މުބާރާތުގެ ޤަވާއިދު މި އިޢުލާނާއެކު އެއްކަރުދާސް ކުރީމެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.    

24 ޖޫން 2025
ހޯދާ