ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ރައްޔިތު ބައްދަލުވުން.
                                އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (7/2010)ގެ 107 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކައުންސިލުން ނިންމާ މުހިންމު ނިންމުންތައް ހިއްސާކޮށް ރައްޔިތުންނަށް މައުލޫމާތު ދިނުމަށްޓަކައި ބާއްވާ ބައްދަލުވުން 25 ޖޫން 2025 ވާ ބުދަ ދުވަހުގެ 13:00 ގައި ބާރަށު ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ބާރަށުގައި ޓުއަރިޒަމް ތަރައްޤީކޮށް ހުޅުވާލުމަށް ތައްޔާރުކުރެވިފައިވާ މައުލޫމާތު ޝީޓު ހިއްސާކޮށް ރައްޔިތުންގެ ޚިޔާލު ހޯދުން އޮންނާނެއެވެ. މި ބައްދަލުވުމުގައި ބާރަށުގެ އެންމެހައި ލޮބުވެތި ރައްޔިތުން ބައިވެރިވެ ވަޑައިގެން ދެއްވުން އެދި ދަޢުވަތު އަރުވަމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
28 ޛުލްޙިއްޖާ 1446
             24 ޖޫން 2025
            
        
                    ހޯދާ  
                
                