ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތެލާ ގޭހުގެ ވިޔަފާރި ކުރުމާއި ގުޅޭ:

ތެލާއި ގޭހުގެ ވިޔަފާރިކުރުމުގެ ޤާނޫނު ނަންބަރު R160-2015 ގައިވާ ގޮތާއި ޚިލާފަށް، މިރަށުގައި ކާބޯތަކެތި ވިއްކާ އާންމު ބައެއް ފިހާރަތަކުންނާއި އަމިއްލަ ފަރާތްތަކުން ތެލާއި، ގޭހުގެ ވިޔަފާރި ކުރަމުންދާކަން މިކައުންސިލަށް ވަނީ ފާހަގަ ކުރެވިފައެވެ. އެގޮތުން ބައެއް ފަރާތްތަކުން އެކަން ކުރަމުންދަނީ ވިޔަފާރި ހުއްދަވެސް ހޯދުމަކާއި ނުލާކަން ފާހަގަ ކުރެވެއެވެ. އެނގިވަޑައިގަންނާނެ ފަދައިން މިފަދަ ކަންކަން ކުރުމަށް ހެދިފައިވާ އުޞޫލުތަކުގެ ބޭރުން ޤަވައިދާ ޚިލާފަށް ކުރާ މިފަދަ ވިޔަފާރިތަކުގެ ސަބަބުން، ހިތާމަވެރި އެތައް ހާދިސާއެއް ހިނގައި އެތައް ބައެއްގެ ފުރާނައަށްވެސް ވަނީ އެކަމުގެ އަޞަރުކޮށްފައެވެ.

އެހެންކަމުން، ކާބޯތަކެތި ވިއްކާ ފިހާރަތަކުގައި ތެލުގެ ވިޔަފާރި ކުރައްވާ ފަރާތްތަކާއި ވިޔަފާރި ހުއްދަ ނުހޯދާ ތެލާ ގޭހުގެ ވިޔަފާރިކުރައްވާ އަމިއްލަ ފަރާތްތަކުން، އެކަން ކުރުމަށް ހެދިފައިވާ ޤާނޫނާއި ޤަވައިދުތަކުގެ ތެރޭން މެނުވީ ތެލާއި ގޭހުގެ ވިޔަފާރި ނުކުރުމަށް ދަންނަވަމެވެ. އަދި ޤާނޫނާ ޚިލާފަށް ކުރާ މިފަދަ ވިޔަފާރިތަކާއިމެދު މިކައުންސިލުން ފިޔަވަޅު އަޅަމުންދާނެ ކަމުގައި ދަންނަވަމެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޕޓަކައި އިޢުލާނު ކުރީމެވެ.

                                    28 ޛުލްޙިއްޖާ 1446 

24 ޖޫން 2025
ހޯދާ