މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާޢީ ސަރަހައްދު ސާފުކުރުމާއި ބެހޭ

 މިހާރު ސާފުކުރަމުންދާ އިޖްތިމާޢީ ސަރަހައްދުގެ ތެރެއިން 1 ގޮޅި ދޫކޮށްލުމާއިގުޅިގެން ބަނދަރު ހުޅަނގު ދެކުނުގޮޅި  ކުނިކަހާ ސާފުކޮށް ބަލަހައްޓައިދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިގޮތުން ގޮޅި ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން ސިޓީ ފޮނުވުން އެދެމެވެ.

ޝަރުތު:

  • 65 އަހަރުން މަތީގެ މީހަކުކަމުގައި ނުވުން
  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭ މީހެއްކަމުގައިވުން
  • އަމިއްލަނަމުގައި ބޭންކު އެކައުންޓެއް އޮތް މީހަކު ކަމުގައިވުން

ގޮޅިތަށް ދޫކުރަން ހަމަޖެހިފައިވަނީ ޝަޢުޤުވެރިކަންފާޅުކުރައްވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ލައިގެންނެވެ. އަދި ގުރުއަތުން ދިމާވާގޮޅި ބަދަލުކުރަން ބޭނުންނަމަ ދެފަރާތްއެއްބަސްވެ އެކަން ހުށަހެޅުމުން ބަދަލުކޮށްދެވޭނެއެވެ. މިގޮތަށް ބަދަލުކުރެވޭނީ ގުރުއަތުލުން އޮންނަ ދުވަހުއެވެ.

މި ކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 29 ޖޫން 2025 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. އަދި މިކަމަށް އެދި ފޮނުވާ ސިޓީ އުރާގެ ބޭރުގައި   " އިޖުތިމާޢީ ސަރަހައްދު ސާފުކުރުމަށްއެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ.

             މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 ޖޫން 2025
ހޯދާ