މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މަގު ހިނގާ މީހުންނަށާއި އެއްގަމު އުޅަނދުފަހަރު ދުއްވުމަށް އުނދަގޫވާގޮތަށް މަގަށް ނުކުމެފައިވާ ގަސްތައް ކޮށުމާއި ގުޅޭ
ބަންޑާރަ ގޯތީގެ އިމުން ބޭރަށް މަގަށް ވާގޮތަށް ހުރި ރުއްގަހުގެ އޮފިތަކާއި ފަންތަކުގެ ސަބަބުން ހިނގާބިނގާވެއުޅޭ މީހުންނަށާއި، އެއްގަމުގައި ދުއްވާ އުޅަދުފަހަރަށް ދަތި ނުވާނޭ ގޮތެއްގެ މަތިން ކޮށައި ބަލަހައްޓަމުން ގެންދިއުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.
ވީމާ، މިއަދުންފެށިގެން 10 ދުވަސް ތެރޭގައި މަގަށް ވާގޮތަށް ހުރި ރުއްގަސް މަގުހިނގާ މީހުންނާއި މަގުގައި ދުއްވާ އުޅަނދުފަހަރަށް ދަތިނުވާނޭ ގޮތުގެ މަތިން ކޮށައި ބެލެހެއްޓުމަށް ދަންނަވަމެވެ. އަދި މި ފުރުޞަތުގައި ރަށުގެ ފެހިކަން ދެމެހެއްޓުމަށް ކޮމިއުނިޓީން ބަހައްޓާ ޝައުގުވެރިކަމާއި ކުރަމުންދާ މަސައްކަތްތަކަކީ ފަހުރުވެރިކަމާއި އެކު ބަލައިގަންނަ ކަމެއްކަމުގައި ދެންނެވީމެވެ.
24 ޖޫން 2025
ހޯދާ