ދިވެހިރާއްޖެ
އިޢުލާނު
ކޮޅުމަޑުލު ތިމަރަފުށީއިރުއުތުރުން ދަނޑުވެރިކަންކުރުމަށް އެލްޔޫޕީގައި ކަނޑައެޅިފައިވާ ސަރަހައްދުން ބިން ކުއްޔަށް ދޫކުރުން
ކޮޅުމަޑުލު ތިމަރަފުށީ އިރު އުތުރުން، ދަނޑުވެރިކަން ކުރުމަށް އެލްޔޫޕީގެ 69.4 ބްލޮކުގައި ކަނޑައެޅިފައިވާ ސަރަހައްދުން AG.5ކުން AG.28 އަށް ނަންޖަހާފައިވާ ބިންތައް 10 އަހަރު ދުވަހުގެ މުއްދަތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާތީ، ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން ފަރާތްތަކުން އެކަމަށް އެދި ހުށައެޅުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ.
# |
ކުއްޔަށް ދޫކުރާތަނުގެ ނަން/ނަންބަރު |
ކުއްޔަށް ދޫކުރާ މުއްދަތު |
ކުއްޔައް ދޫކުރާ ބިމުގެ އަދަދު |
ހުށަހެޅޭނޭ އެންމެ ކުޑައަގު (އަކަފޫޓަކަށް) |
ކުއްޔަށް ދޫކުރާ ބިމުގެ ބޮޑުމިން (އަކަފޫޓުން) |
1 |
- އެލްޔޫޕީ ބްލޮކް ނަންބަރު: 69.4 - ބިމުގެ ނަންބަރު: AG.5 ފެށިގެން AG.28އަށް |
10 އަހަރު
|
24 |
0.15 ލާރި |
5000.00 (ފަސްހާސް) |
ބީލަމާގުޅޭ އިތުރުމަޢުލޫމާތު ތިރީގައި އެވަނީއެވެ.
ރަޖިސްޓްރީކުރުން |
ރަޖިސްޓްރީކުރުން އޮންނާނީ 25 ޖޫން 2025 ވާ ބުދަ ދުވަހުން ފެށިގެން 03 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް (ރަސްމީ ދުވަސްތަކުގައި ކޮންމެ ދުވަހެއްގެ 9:00 ން 14:00 ކަށް). ރަޖިސްޓްރީ ކުރުމަށް އެދޭފޯމް މިއިދާރާއިން ލިބެންހުންނާނެއެވެ. އަދި މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. |
ރަޖިސްޓްރޭޝަން ފީ |
ބިޑް ރަޖިސްޓްރީ ކުރެވޭނީ ހުށަހަޅާ ކޮންމެ ބިޑަކަށް -/100ރ (ސަތޭކަ ރުފިޔާ) އަށެވެ. އޮންލައިންކޮށް ފައިސާ ދެއްކެވުމަށްފަހު ފައިސާ ޓްރާންސްފަރ ކުރި ސްލިޕް އަދި ރަޖިސްޓްރޭޝަން ފޯރމް ތިރީގައި ދެންނެވިފައިވާ މެއިލް އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރިމާކްސްގައި އިޢުލާން ނަންބަރ ޖަހަންވާނެއެވެ. - އެކައުންޓް ނަންބަރު: 7725700323001 - އެކައުންޓް ނަން: 1441 REVENUE 1 - އީމެއިލް: [email protected] - ފޯން : 6780675 |
ޕްރީބިޑް މީޓިން |
އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން 03 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 09:00 ގެ ކުރިން މެއިލް ކުރެއްވުން އެދެމެވެ. އީމެއިލް އެޑްރެހަކީ [email protected] |
ބިޑް ހުށަހެޅުން |
ބިޑްހުށަހެޅުމުގެ ސުންގަޑިއަކީ 10 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 12:59 ގެ ކުރިން |
ބިޑް ކެނޑުން |
ބިޑްކެނޑުމުގެ ސުންގަޑިއަކީ 10 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި
|
އެހެނިހެން ކަންކަން |
|
އިތުރު މަޢުލޫމާތު
މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އިދާރާގެ ނަންބަރު 6780675 އަށް ގުޅުއްވުމަށް ދަންނަވަމެވެ. އަދި މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.
ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.