މިލަދުންމަޑުލު ދެކުނުބުރީ ޅޮހީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު - ޣުފްރާން މިސްކިތުގެ ހަލާކުވެފައިވާ 4 ދޮރު ބަދަލުކުރުން

އިޢުލާން

 

ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު - ޣުފްރާން މިސްކިތުގެ ހަލާކުވެފައިވާ 4 ދޮރު ބަދަލުކުރުން

 

         މިރަށު މަސްޖިދުލް ޣުފްރާން މިސްކިތުގެ ފާހާނާ 2 ދޮރާއި، ގުދަންބައިގެ 2 ދޮރު ބާވެހަލާކުވެފައިވާތީ، އެދޮރުތައް ބަދަލުކުރުމަށް ކޯޓޭޝަން ހޯދުމަށް މިއިދާރާއިން ކުރިން ކުރި އިޢުލާން ނަންބަރު (IUL)291/291/2025/5 ( 12 ފެބްރުއަރީ 2025 ) އިޢުލާނަށް އެކަށީގެންވާ އަގެއް ލިބިފައި ނުވާތީ، އެ އިޢުލާން ބާތިލްކޮށް، އަލުން މިއިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮއްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމަށް ހުޅުވާލަމެވެ.

           

  1. މި މަސައްކަތް ކުރުމަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
  2. ކޯޓޭޝަން ހުށައަޅާއިރު މަސައްކަތް ނިންމާލެވޭނެ މުއްދަތު ހިމަނަންވާނެއެވެ.
  3. ކޯޓޭޝަން ބަލައިގަތުން އޮންނާނީ 30 ޖޫން 2025 ވާ ހޯމަ ދުވަހުގެ 13:00 ގައި ޅޮހި ކައުންސިލް އިދާރާގެ މީޓިން ރޫމްގައެވެ. ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެގަޑީގައި ދުރުވެ  ކޯޓޭޝަން ހުށައެޅުއްވުން އެދެމެވެ.
  4. މި މަސައްކަތާއި ބެހޭ އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ 6560032 މިނަންބަރަށް ގުޅުންވުންއެދެމެވެ.

 

 ދޮރުތަކުގެ މިންތަކާއި ތަފްސީލް:

  • ގުދަންބައިގެ އެއްވަނަދޮރު: ( ދިގުމިން- 2475 މމ، ފުޅާމިން- 1005 މމ)
  • ގުދަންބައިގެ ދެވަނަދޮރު:  ( ދިގުމިން- 2485 މމ، ފުޅާމިން- 1005 މމ)
  • ފާހާނާބައިގެ ދެދޮރު:  ( ދިގުމިން- 2140 މމ، ފުޅާމިން- 760 މމ)
  • ދޮރުތައް ހުންނަންވާނީ އެލްމިނިއަމް ހުދު ކުލައިގެ ފަތީގައެވެ. އެތެރެ ފިލާ ހުންނަންވާނެ ކުލަޔަކީ ހުދުކުލައެވެ. ހުރިހާ ދޮރުފަތެއްގައިވެސް އެތެރެ ބައިކުރަންވާނީ ކުރެހުމުގައި ވާގޮތައް ފުޅާ ފަތި ބޭނުންކޮއްގެންވެ.  ކޮންމެ ދޮރެއްގައި އެއްތަޅު ( ހުދުކުލަ) އަދި މަދުވެގެން 4 ހުޅުފަތް ހުންނަންވާނެއެވެ. އަދި ދޮރުކަނި ފާރަށް ހަރުކުރުމަށް ބޭނުންކުރާނީ ދެއިންޗި ބައިގެ އެސްއެސް އިސްކުރެވެ. ކަނިހަރުކުރަންވާނީ މޮކޮޅު ޖަހާފައެވެ.

އިވެލުއޭޝަން ކްރައިޓީރިއާ:

  • މަސައްކަތުގެ އަގު: 85% ޕޮއިންޓް (އެންމެ ކުޑަ އަގަކީ ބެންޗްމާކް ކަމުގައި ބަލައިގެން)
  • މުއްދަތަށް: 10% ޕޮއިންޓް (އެކަށީގެންވާ އެންމެ ކުރު މުއްދަތު ބެންޗްމާކް ކަމުގައި ބަލައިގެން)
  • ތަޖްރިބާ: 5% ޕޮއިންޓް (މި އިޢުލާން ކުރި ތާރީޚުން ފެށިގެން ވޭތުވެ ދިޔަ 3 އަހަރު ދުވަހު ކޮށްފައިވާ މި ބާވަތުގެ މަސައްކަތަށް، 15000.00 ހާހުން މަތީގެ ކޮންމެ މަސައްކަތަށް 1 ޕޮއިންޓް، ގިނަވެގެން ދެވޭނީ 5 ޕޮއިންޓް)

   ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

 24 ޖޫން 2025

24 ޖޫން 2025
ހޯދާ