ދިވެހިރާއްޖެ
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާގެ އިއުލާން ނަންބަރު (IUL)267-CA/267/2025/43 (12 މެއި 2025 ) ވަނަ އިއުލާނާއި ހަވާލާދީ ދަންނަވަމެވެ. 31 މެއި 2025 ގެ ކުރިން ކޮށާފައިނުވާ ރުއްގަސްތައް ކޮށުމުގެ މުއްދަތު އިތުރުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. އަދި 30 ޖޫން 2025 ގެ ކުރިން ގަސްތަކުން މަގަށް ނިކުމެފައިވާބައި 15 ފޫޓްގެ އުސްމިނަށް ކޮށުމަށް ދަންނަވަމެވެ. އަދި މީގެ އިތުރުން އާންމުނަށް އުނދަގޫވާގޮތަށް މަގުކައިރީގައި ނުވަތަ މަގުމަތީގައި ބެހެއްޓިފައިވާ ތަކެތި ނެގުމަށް ދަންނަވަމެވެ. މި ތާރީޚުގެ ކުރިން ކޮށާފައިނުވާ ރުއް ގަސްތައް މި ކައުންސިލުން ކޮށާނެވާހަކަ ވެސް ދަންނަވަމެވެ. އަދި މީގެ އިތުރުން އާންމުންނަށް އުނދަގޫވާގޮތަށް މަގުކައިރީގައި ނުވަތަ މަގުމަތީގައި ބެހެއްޓިފައިވާ ތަކެތި ނަގާނެވާހަކަވެސް ދަންނަވަމެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.