މޯލްޑިވްސް ޗެސް އެސޯސިއޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހިންގާ ކޮމިޓީގެ ހުސްވެފައިވާ މަޤާމުތަކަށް މެންބަރުން ހޮވުން
މި އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ ނައިބު ރައީސްގެ މަޤާމާއި، ޚަޒާންދާރުގެ މަޤާމު ހުސްވެފައިވާތީ، މި މަޤާމުތަކަށް ވާދަކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި އަންނަ ޖުލައި މަހުގެ 7 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މި އެސޯސިއޭޝަންގެ މެއިލް
[email protected] އަށް، ޝަރުތުހަމަވާ މެންބަރު ކްލަބުތަކުގެ ފަރާތުން އެޕްލިކޭޝަން ފޯމު ފޮނުއްވައިދެއްވުން އެދެމެވެ.
ޝަރުތު ހަމަވާ ކްލަބުތައް:
1. ކްލަބް ގާމަގު
2. ޑީ އެކްސް ސްޕޯޓްސް ކްލަބް
3. ކްލަބް ޑަބަލް އެއިޓް
4. ކްލަބް ބެސްޓް މޫވް
5. ކްލަބް ޗެކް މޭޓް
6. ކާސަލް ޗެސް ކްލަބް އެންޑް އެކަޑަމީ
7. ކްލަބް ޗެސް މޭޓް
8. ހުޅުމާލޭ ޗެސް ކްލަބް
9. ކްލަބް ސްޓޯން ވޯލް
މި މަޤާމުތަކަށް ކުރިމަތިލައްވާ ފަރާތްތަކުގެ މެދުގައި ކެންޑިޑޭޓް ނަންބަރު ތަރުތީބުކުރުން އޮންނާނީ 10 ޖުލައި 2025 ގެ ރޭގަނޑު 8:30 ގައެވެ. އަދި މި ފަރާތްތަކުގެ މެދުގައި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ 17 ޖުލައިވާ ބުރާސްފަތި ދުވަހުގެރޭ 8:30 ގައެވެ. ކެންޑިޑޭޓް ނަންބަރު ތަރުތީބު ކުރުމާއި، އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންދާނީ ހުޅުމާލޭގައި ހުންނަ ޗެސް އާކޭޑުގައެވެ.
23 ޖޫން 2025
ހޯދާ