މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޖޫނިއަރ ވެލްޑަރ / ޖޫނިއަރ މެކޭނިކް / ޖޫނިއަރ އިލެކްޓްރިޝަން

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމްތަކަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު:

 ޖޫނިއަރ އިލެކްޓްރިޝަން

ބޭނުންވާ ޢަދަދު

 1

ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް 01 އަހަރު (ފުރަތަމަ 03 މަސް ޕްރޮބޭޝަން)

ވަޒީފާ އަދާކުރަންޖެހޭ ތަން:

 އިންޖިނިއަރިންގ ޑިޕާރޓްމެންޓް / ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް

މުސާރަ:

  9657.7  ރުފިޔާ

އިތުރު ޢިނާޔަތްތައް:

- އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ އިނާޔަތުގެ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

ޝަރުޠު:

-  މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

- މަގާމާއި ގުޅޭ ދާއިރާއިން ސެޓްފިކެޓެއް ޙާސިލް ކޮށްފައިވުން

- މަސައްކަތުގައި މަދުވެގެން 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

މަޤާމްގެ މަސްއޫލިއްޔަތުތައް

- ސައިޓުގައި ކުރަންޖެހޭ އެންމެހާ އިލެކްޓްރިކަލް މަސައްކަތްތަށް ކުރުން

 

 

މަޤާމު:

 ޖޫނިއަރ މެކޭނިކް

ބޭނުންވާ ޢަދަދު

 1

ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް 01 އަހަރު (ފުރަތަމަ 03 މަސް ޕްރޮބޭޝަން)

ވަޒީފާ އަދާކުރަންޖެހޭ ތަން:

 އިންޖިނިއަރިންގ ޑިޕާރޓްމެންޓް / ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް

މުސާރަ:

 9537.20  ރުފިޔާ

އިތުރު ޢިނާޔަތްތައް:

-  އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ އިނާޔަތުގެ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

ޝަރުޠު:

-   ގްރޭޑް 7 ނިންމާފައިވުން

-  މަސައްކަތާއި ގުޅުންހުރި ދާއިރާ އަކުން ސެޓްފިކެޓެއް ހާސިލް ކޮއްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

-  ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހެއްކަމުގައިވުން 

މަޤާމްގެ މަސްއޫލިއްޔަތުތައް

-  ފަވަރހައުސް އަދި ކޮމްޕްރަސަރ ރޫމްގެ ޑިއުޓީ އަދާކުރުން

-  މެޝިނަރީސްއަށް ދިމާވާ މައްސަލަތައް ހައްލުކުރުން

-  ރެޕިއަރ މެއިންޓަނަންސް މަސައްކަތް ކުރުން

 

 

މަޤާމު:

 ޖޫނިއަރ ވެލްޑަރ

ބޭނުންވާ ޢަދަދު

 1

ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް 01 އަހަރު (ފުރަތަމަ 03 މަސް ޕްރޮބޭޝަން)

ވަޒީފާ އަދާކުރަންޖެހޭ ތަން:

 އިންޖިނިއަރިންގ ޑިޕާރޓްމެންޓް / ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް

މުސާރަ:

 9808.40  ރުފިޔާ

އިތުރު ޢިނާޔަތްތައް:

-  އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ އިނާޔަތުގެ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

ޝަރުޠު:

-  ގުރޭޑު 7 ގެ ފެންވަރު ހުރުމާއެކު މަސައްކަތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލް ކޮށްފައިވުން.

-  ނުވަތަ ވެލްޑިންގ  ދާއިރާގައި އުޅެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 އޭގެތެރޭގައި:

- ގޭސް ކަޓަރުން މެޓަލް ޝީޓް ކެފުމާއި، ހޮޅި ބުރިކުރުން.

-  އާރކް ވެލްޑިން އާއި

- ހުރިހާ ޕޮޒިޝަނެއްގައި ވެލްޑިން ކުރަން އެގުން ( ހޮރިޒަންޓަލް، ވަރޓިކަލް އަދި އޯވަހެޑު )

- ޖޮއިންޓް ވެލްޑުކުރަން އެގުން ( ޓީ ޖޮއިންޓް، ކޯނަރ، ލެޕް، އަދި އެޖް ޖޮއިންޓް )

- ޓިގު ނުވަތަ ބުރީޒިން ދަންނަ މީހުންނަށް އިސްކަން ދެވޭނެއެވެ.

މަޤާމްގެ މަސްއޫލިއްޔަތުތައް

- ގަޑިއަށް ސަމާލުވެ، ވަޒީފާއަށް ޙާޒިރުވުން. އަދި ކަޑައެޅިފައިވާ ޔުނިފޯރމް ފުރިހަމަ ކުރުމާއި، ސޭފުޓީ ޤާއިމުކުރުން.

- ސްޕަވައިޒަރުގެ ބެލުމުގެ ދަށުން މަސައްކަތް ކުރުމަށް ރާވާފައިވާ ޝެޑިއުލާ އެއްގޮތަށް ވެލްޑިންގެ މަސައްކަތް ކުރިޔަށް ގެންދިއުން.

- މަސައްކަތް ކުރާ ސައިޓްތަކަށް ދާން ޖެހިއްޖެ ހާލަތެއްގައި، ސައިޓްތަކަށް ގޮސް މަސައްކަތް ކުރުން.

- ފެލިވަރުގައި ކުރެވޭ އެހެނިހެން މަސައްކަތްތަކަށް، އެހީތެރިކަން ދޭންޖެހިއްޖެ ހާލަތްތަކުގައި އެހީތެރިކަން ދިނުން.

އިންޓަރވިއުކުރުން:

- އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފް ކޮޕީ ދެފުށް ފެންނާނޭހެން.

- ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއެކު)

- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ. (ޖޮބް އެޕްލިކޭޝަން ފޯމް)

- ޕޮލިސް ރިޕޯރޓް

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

- ވަޒީފާއަށް އެދި އީމެއިލް ކުރައްވާނީ  [email protected] އަށެވެ.

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ 26 ޖޫން 2025 ވަނަ ދުވަހު މެންދުރު 12:00 ގެ ކުރިންނެވެ.

- މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.

 

-  ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް  3323932އެކްސްޓެންޝަން 300 ފޯނަށް ގުޅުއްވުން އެދެމެވެ.

23 ޖޫން 2025
ހޯދާ