މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ ރޯޑް ލައިޓް ކޭބަލް ވަޅުލުމާ ގުޅޭ

 

 

 

އިޢުލާން

ރަށުގެ ރޯޑް ލައިޓް ކޭބަލް ވަޅުލުމާ ގުޅޭ

       ރަށުގެ ރޯޑް ލައިޓްގެ ކަރަންޓު ކޭބަލް ވަޅުލުމުގެ މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 24 ޖޫން ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ދުރުވެ މައުލުމާތު ސާފުކުރުމަށްފަހު 25 ޖޫން 2025 ވާ ބުދަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. 1 ފަރާތަކުން އަންދާސީ ހިސާބު ހުށަހެޅިކަމުގައިވީނަމަވެސް، އެސްޓިމޭޓް ބަލައިގަނެވޭނެވާހަކަ ދަންނަވަމެވެ.

      މަޢުލޫމާތު ސާފުނުކުރުއްވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަށް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި އެހެން ބޭފުޅަކު ފޮނުވާނަމަ، އެއީ ބަދަލުގައި ފޮނުއްވި ފަރާތެއްކަން އެނގޭފަދަ ލިޔުމަކާއިއެކު ފޮނުއްވުމަށްވެސް ދަންނަވަމެވެ. އަދި ދަންނަވަމެވެ. މި އިޢުލާނަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު: 2014/18 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

       މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

                                  28 ޛުލްޙިއްޖާ  1446

                                  22 ޖޫން 2025

 

 

22 ޖޫން 2025
ހޯދާ