މާލެއަތޮޅު ކާށިދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
އިމާރާތް މަރާމާތުކުރުން

 އިމާރާތް މަރާމާތުކުރުން

ޞިއްހީމަރުކަޒުގައި ފިޒިއޮތެރަޕީގެ ހިދުމަތްދިނުމަށް އިމާރާތުގެ މަރާމާތު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 22 ޖޫން 2025 ދުވަހުން ފެށިގެން29  ޖޫން 2025 އާދީއްތަ ދުވަހުގެ 10:00 ގެ ކުރިން  ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު މިމަރުކަޒަށް ހުށައެޅުން ނުވަތަ [email protected]  އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކަށް ބާއްވާ ބައްދަލުވުން 29 ޖޫން 2025 ދުވަހު 13:30 ގައި މިމަރުކަޒުގެ މީޓިންގ ރޫމްގައި އޮންނާނެއެވެ. އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 01 ޖުލައި 2025  ދުވަހުގެ  13:30 ގައި ކާށިދޫ ޞިއްޙީމަރުކަޒު ގައެވެ.

 ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި  އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި 6640452 އަށް ގުޅުއްވުން އެދެމެވެ.

     

22 ޖޫން 2025
ހޯދާ