ދިވެހިރާއްޖެ
އިޢުލާން
ތިންބުރި ޢިމާރާތުގެ ދިޔަދޮވި ބަދަލުކުރުން
މަސައްކަތް |
ތިންބުރި ޢިމާރާތުގެ ދިޔަދޮވި ބަދަލުކުރުން
|
ބީލަން ހުށެހެޅުމަށް ރަޖިސްޓްރީ ކުރުން |
22 ޖޫން 2025 އިން 02 ޖުލައި 2025 ދެމެދު މި ސްކޫލުގެ އީ. މެއިލް [email protected])) އަށް ފޮނުއްވައިގެން ނުވަތަ މި އިދާރާގެ ފޯން: 6842095 އަށް ގުޅުއްވައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށްޓަކައި 6842092 ނުވަތަ 6842755 އަށް ގުޅުއްވުން އެދެމެވެ. |
އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ސުންގަޑި |
އަންދާސީ ހިސާބު ހުށަހެޅުއްވުމަށް 08 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ 13:30 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:30 ގެ ފަހުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެ ފުރުޞަތު ނުދެވޭނެއެވެ. |
ޝަރުތު |
މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަން ފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ. |
މި މަސައްކަތާ ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު ގެޒެޓްކުރެވިފައި ވާނެއެވެ. ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައިވާ ތާވަލާއެއްގޮތަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ބިޑުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެއްވުމަށް ފޮނުއްވާ މެއިލްގައި ތިރީގައިވާ ހުރިހާ މައުލޫމާތެއް ހިމަނަންވާނެއެވެ. މި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ ރެޖިސްޓްރޭޝަން އީމެއިލް ބަލައިނުގަނެވޭނެއެވެ.
- އިޢުލާން ނަންބަރު
- ކުންފުނީގެ/އަމިއްލަ ފަރާތުގެ ނަން
- ގުޅޭނެ ފޯނު ނަންބަރު
މަތީގައިވާ މަޢުލޫމާތު ފުރިހަމަކުރެއްވުމަށްފަހު ފޮނުއްވާ އީމެއިލް ތަކަށް "ރެޖިސްޓްރޭޝަން ކޮންފޮމޭޝަނެއް"ގެ ގޮތުން މި ސްކޫލުން އީމެއިލް ކުރާނެ ވާހަކަ ދެންނެވީމެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 02 ޖުލައި 2025 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑެރެހަށް އީމެއިލް ފޮނުއްވުން އެދެމެވެ.
އަބޫބަކުރު ސްކޫލް / ގދ.ތިނަދޫ
އީ-މެއިލް: [email protected]
22 ޖޫން 2025