ދ. އަތޮޅު މަދަރުސާ، ދ. މީދޫ
ދިވެހިރާއްޖެ
ދ.އަތޮޅު މަދަރުސާގެ ޕްރީސްކޫލް ޢިމާރާތުގެ ފުރަތަމަބުރީގެ ކޮރިޑޯގެ ދޮރުތައް އަމިއްލަތަކެތީގައި ހަދައި ހަރުކޮށްދޭނެ ފަރާތެއް ހޯދުން.

މިމަދަރުސާގެ ނަންބަރު:GS-31/IUL/2025/11 ( 25 މެއި 2025 ) ގެ އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބު ކެންސަލްވެފައިވާތީ އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

ދ.އަތޮޅު މަދަރުސާގެ ޕްރީސްކޫލް ޢިމާރާތުގެ ފުރަތަމަބުރީގެ ކޮރިޑޯގެ ދޮރުތައް އަމިއްލަތަކެތީގައި ހަދައި ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

       މި ބީލަމަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކަށެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރަތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 22  ޖޫން2025 އިން 25ޖޫން2025 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 13.00އަށް މިސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ނަންނޯޓް ކުރެއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ތިރީގައި ދެންނެވިފައިވާ އެޑްރެހަށް ކުންފުނި / ވިޔަފާރީގެ ރަޖިސްޓްރީ ކޮޕީ ، ފޯނު ނަންބަރ، އީމެއިލް އެޑްރެސް، މެއިލް ކުރެއްވުން އެދެމެވެ.

މި ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 25 ޖޫން2025 ވާބުދަ ދުވަހުގެ 10.00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.

މިޕްރޮޖެކްޓާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2025 ޖޫން  26 ވާ ބުރާސްފަތި ދުވަހުގެ 11:00ގައި ދ.އަތޮޅު މަދަރުސާގައި އޮންނާނެއެވެ.

ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ  03ޖުލައި 2025  ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މި ސްކޫލްގައެވެ. އަދި މިއިއުލާނާއެކު މިމަސައްކަތާގުޅޭ މައުލޫމާތުޝީޓާއި އެއްކަރުދާސްކުރެވިފައިވާނެއެވެ.

ނޯޓް: ބީލަމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބީލަން ބަލައި ނުގަނެވޭނެކަމުގައި ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިލައްވާނެއެވެ.

 ދ.އަތޮޅު މަދަރުސާ

 ފޯނު ނަންބަރ: 7952915

 އީމެއިލް: [email protected]

22 ޖޫން 2025
ހޯދާ