މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕަޑީ ސެޓިފައިޑް އެޑްވާންސް އޯޕަން ވޯޓަރ ޑައިވިންގ ކޯސް އަދި ރެސްކިއު ޑައިވިންގ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު އަލުން ހުލުވާލުން

 

ޕަޑީ ސެޓިފައިޑް އެޑްވާންސް އޯޕަން ވޯޓަރ ޑައިވިންގ ކޯސް އަދި ރެސްކިއު ޑައިވިންގ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު އަލުން ހުލުވާލުން  

 

  1. މިކައުންސިލްގެ މިއަހަރުގެ މަސައްކަތު ތާވަލުގައި ހިމެނިގެން، ށ. އަތޮޅުގެ ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އަދި އެދާއިރާތަކުން ވަޒީފާއަށް ޝަޢުޤުވެރިވާ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގުމަށް ރޭވިފައިވާ "ޕަޑީ ސެޓިފައިޑް އެޑްވާންސް އޯޕަން ވޯޓަރ ޑައިވިންގ ކޯސް އަދި ރެސްކިއު ޑައިވިންގ ކޯސް"  ބައިވެރިވުމަށް ކުރެވުނު އިޢުލާނާ ގުޅިގެން އެކަށީގެންވާ މިންވަރަށް ބައިވެރިން ލިބިފައިނުވާތީ، މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
  2. މި ކޯހުގެ ބައިވެރިންގެ ކޯސްފީ މި އިދާރާގެ ފަރާތުން ހަމަޖައްސައި ދެވޭނެއެވެ. މި ކޯހަށް ބައިވެރިން ހޮވުމުގައި، އަތޮޅުގެ ކޮންމެ ރަށަކުން ފުރުޞަތު ދިނުމަށްފަހު އިތުރު ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ އުމުރު އަދި ވަޒީފާގެ ހާލަތަށް ރިޢާޔަތް ކޮށެވެ. ރަށަކުން އެއްފަރާތަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވުމަށް ހުށައަޅާފައިވާނަމަ އިސްކަންދޭނޭ ތަރުތީބު ކަނޑައަޅާނީ އެރަށެއްގެ ރަށު ކައުންސިލްގެ ލަފާގެ މަތިންނެވެ. އަދި ކޯސް ކުރިއަށްގެންދެވޭނީ މަދުވެގެން 20 ބައިވެރިން ކޯހުގައި ބައިވެރިވާނަމައެވެ.
  3. މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނީ ބޭސިކް އޯޕަންވޯޓަރ ޑައިވިންގ ކޯސްފުރިހަމަ ކޮށްފައިވާ ފަރާތްތަކަށެވެ. 
  4. ވީމާ، މި ކޯހުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 30 ޖޫން 2025 ގެ 13:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލަމެވެ.

https://forms.office.com/r/skPU2iYya2?origin=lprLink

  5. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މިލަދުންމަޑުލުއުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ/ މިނިވަންހިނގުން، ށ.ފުނަދޫ، ދިވެހިރާއްޖެ.

ފޯން:           6540400، 6540427

އީމެއިލް:    [email protected]

ކޮޕީ:       [email protected] [email protected]

22 ޖޫން 2025
ހޯދާ