ދިވެހިރާއްޖެ
މ. ނާލާފުށީ ރައްޔިތުންގެ ދޯނި " ދުރު ރާސްތާ 7" ކުއްޔަށް ދިނުން:
މ. ނާލާފުށީ ރައްޔިތުންގެ ދޯނި "ދުރުރާސްތާ 7" ކުއްޔަށްދޭން ބޭނުންވާތީ މި ދޯނި ކުއްޔަށް ނެގުމަށް ބޭނުންވާ ފަރާތްތަކުން ބިޑް ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމެވެ. މި ދޯނި ކުއްޔަށްނަގަން ބޭނުންވާ ފަރާތްތަކުން ދޯނީގެ ބީލަން ފޮތް ބައްލަވައި ގަނެވޭނެ އިންތިޒާމް 2025 ޖޫން 23 ވާ ހޯމަ ދުވަހުން ފެށިގެން 2025 ޖޫން 30 ވާ ހޯމަ ދުވަހާ ހަމައަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން މެންދުރުފަހު 13:00 އާއި ދޭތެރޭ ކައުންސިލް އިދާރާގައި ވަނީ ހަމަޖެހިފައެވެ. ބީލަން ފޮތެއްގެ އަގަކީ -/1500ރ (އެއްހާސް ފަސްސަތޭކަ ރުފިޔާ) އެވެ. ބީލަން ހުށަހެޅުން އޮންނާނީ 06 ޖުލައި 2025 (އާދީއްތަ) ދުވަހުގެ 10:30 ގައި މި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.
ދޯންޏާއި ގުޅޭ މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6720034 ނަމްބަރަށް ގުޅުއްވުމަށް ނުވަތަ [email protected] އަށް މެއިލް ކުރެއްވުމަށް ދަންނަވަމެވެ. ބިޑްފޮތް ގަތުމަށާއި، ބިޑް ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ ވެރިފަރާތުގެ ސިޓީއަކާއިއެކު ބިޑް ގަތުމަށް ނުވަތަ ބިޑް ހުށަހެޅުމަށް އަންނަ ފަރާތުގެ އައި.ޑީ ކާޑު ގެންނެވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.