މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
މޯލްޑިވްސް އިމިގްރޭޝަންގެ ދެ ލޮކޭޝަނަކަށް ޑާކް ފައިބަރ ކޭބަލް އަޅައިދޭނެ ފަރާތެއް ހޯދުމަށް

PC-942025W-15

އަންދާސީ ހިސާބު ބޭނުންވެއްޖެ

     

  1. މޯލްޑިވްސް އިމިގްރޭޝަންގެ ތިރީގައި މިދަންނަވާ ދެ ލޮކޭޝަނަކަށް ޑާކް ފައިބަރ ކޭބަލް އަޅައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ހ. ސްޓާރކްލައުޑްސް ބިލްޑިންގ (މ.ޗަބޭލީ ވިލާ / މަޖީދީމަގު) އިން ޕޯޓް ބިލްޑިންގ (ބޮޑުތަކުރުފާނުމަގު) 1 ވަނަ ފަންގިފިލާގައި ހުންނަ ސީޕޯޓް ޑިވިޜަނަށް

ށ.  ނެޝަނަލް ސެންޓަރ ފޯރ އިންފޯމޭޝަން ޓެކްނޮލޮޖީ (އެން.ސީ.އައި.ޓީ) އިން މޯލްޑިވްސް އިމިގްރޭޝަންގެ ހެޑް އޮފީސް ވެލާނާގެ 1 ވަނަ ފަންގިފިލާއަށް

  1. މިޕްރޮޖެކްޓާއި ގުޅޭ ލިޔެކިޔުންތައް މިއޮފީހުގެ ވެބްސައިޓް: www.immigration.gov.mv އިން 19 ޖޫން 2025 ފެށިގެން ލިބެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
  2. މިޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 25 ޖޫން 2025 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.   
  3. ބީލަން ހުށައެޅުން އޮންނާނީ 01 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ 11:00:00 އަށް މިއޮފީހުގެ ޕްރޮކިއުމަންޓް ޑިވިޜަން (ވެލާނާގެ، 1ވަނަ ފަންގިފިލާ) އަށް ވަޑައިގެންނެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ އެއްކަރުދާސްކޮށް، ސިޓީއުރައިގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.   
  4. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ޑިވިޜަން،

މޯލްޑިވްސް އިމިގްރޭޝަން،

ވެލާނާގެ ބިލްޑިންގް، 1 ވަނަ ފަންގިފިލާ،

އަމީރު އަހުމަދު މަގު، މާލެ، ދިވެހިރާއްޖެ.

ފޯން    : +960 3330464, +960 3330465

އީމެއިލް  : [email protected]

ކޮޕީ    : [email protected]

 

19 ޖޫން 2025
ހޯދާ