ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި މަސައްކަތްކުރާބިދޭސީންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމާ ގުޅޭ
އެކްސްޕެޓް ސިސްޓަމްގައި ރަޖިސްޓްރީކޮށްފައިވާ ވަޒީފާދޭ ބައެއް ފަރާތްތަކުގެ ނަންމަތީގައި ރާއްޖެގެނެސްފައިވާ ބައެއް ބިދޭސީ މަސައްކަތްތެރިންގެ ބައޯމެޓްރިކްސް އަޕްޑޭޓްކޮށް އަދާހަމަކޮށްފައިނުވާ ކަމަށް މި މިނިސްޓްރީއަށް ވަނީ ފާހަގަކުރެވިފައިއެވެ.
ވީމާ ، 2025 ޖޫން 30 ވަނަ ދުވަހުގެ ކުރިން ، ބިދޭސީ ފަރާތް ރާއްޖޭގައިހުރެ ބައޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ފަރާތްތަކުގެ ބައޯމެޓްރިކްސް އަޕްޑޭޓްކޮށް ނިންމުމަށް އަންގަމެވެ. އަދި މި މުއްދަތުގެ ތެރޭގައި އެކަށީގެންވާ ސަބަބެއްނެތި ބައޯމެޓްރިކްސް އަޕްޑޭޓް ކޮށްފައިނުވާފަރާތްތަކަށް 2025 ޖުލައި 01 ވަނަ ދުވަހުން ފެށިގެން އަންނަނިވި ފިޔަވަޅުތައް އެޅިގެން ދާނެއެވެ.
-
ބައޯމެޓްރިކްސް އަޕްޑޭޑް ކޮށްފައިނުވާ އެކްޓިވް ވަރކް ޕަރމިޓެއްގައި ރާއްޖޭގައި ހުރި ބިދޭސީއެއް ނަމަ، އެ ބިދޭސީއަކު ވަޒީފާގައި ގެންގުޅޭ ފަރާތަށް އެކްސްޕެޓް ސިސްޓަމްއިން ދެމުން ގެންދާ ހުރިހާ ޚިދުމަތްތަކެއް މެދުކަނޑާލުން.
-
ބައޯމެޓްރިކްސް އަޕްޑޭޑް ކޮށްފައިނުވާ އެކްޓިވް ވަރކް ޕަރމިޓެއްގައި 4 މަހަށް ވުރެ ގިނަ ދުވަހަށް ރާއްޖެއިން ގޮސްފައިވާ ބިދޭސީއެއް ނަމަ އެ ބިދޭސީ އަކަށް ދޫކޮށްފައިވާ ވަރކް ޕަރމިޓް އެކްސްޕެޓް ސިސްޓަމް ރިކޯޑްތަކަށް ބެލުމަށްފަހު ބާޠިލްކުރުން.
-
ބައޯމެޓްރިކްސް އަޕްޑޭޓް ކޮށްފައިނުވާ އެކްޓިވް ނޫން ވަރކް ޕަރމިޓެއްގައި ރާއްޖޭގައި ހުރެ ޤާނޫނާ ޤަވާއިދުގެ ތެރެއިން ވަޒީފާދޭ ފަރާތެއް ހުރި ބިދޭސީއެއް ނަމަ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމަށްފަހު ރެގިއުލަރައިޒް ކުރުމުގެ ފުރުޞަތު ދިނުން.
-
ބައޯމެޓްރިކްސް އަޕްޑޭޓް ކޮށްފައިނުވާ އެކްޓިވް ނޫން ވަރކް ޕަރމިޓެއްގައި ރާއްޖޭގައި ހުރެ ޤާނޫނާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީއެއްނަމަ އެ ބިދޭސީއަކު ޑީޕޯޓްކޮށް ވަރކް ޕަރމިޓް ބާޠިލްކުރުން.
-
ބައޯމެޓްރިކްސް އަޕްޑޭޓް ކޮށްފައިނުވާ އެކްޓިވް ނޫން ވަރކް ޕަރމިޓެއްގައި ރާއްޖެއިން ފުރައިގެން ގޮސްފައިވާ ބިދޭސީއެއް ނަމަ އެ ބިދޭސީއަކަށް ދޫކޮށްފައިވާ ވަރކް ޕަރމިޓް ސިސްޓަމް ރެކޯޑްތައް ބެލުމަށްފަހު ބާޠިލްކުރުން.
-
ބައޯމެޓްރިކްސް އަޕްޑޭޓް ކުރުމަށްފަހު އެކްޓިވް ވަރކް ޕަރމިޓެއްގައި 1 އަހަރު ދުވަހުގެ މުއްދަތަކަށްވުރެ ދިގު މުއްދަތަކަށް ރާއްޖެއިން ބޭރުގައިހުރި ބިދޭސީއެއް ނަމަ، އެ ބިދޭސީއަކަށް ދޫކޮށްފައިވާ ވަރކް ޕަރމިޓް ސިސްޓަމް ރެކޯޑްތައް ބެލުމަށްފަހު ބާޠިލްކުރުން.
-
ބައޯމެޓްރިކްސް އަޕްޑޭޓް ކޮށްފައިވާ ބިދޭސީންގެ ތެރެއިން އެކްޓިވް ނޫން ވަރކް ޕަރމިޓެއްގައި ހުރި ބިދޭސީއަކަށް ވަޒީފާދޭނެ ފަރާތެއް ހުރެއްޖެނަމަ އެ ފަރާތަކަށް ރެގިއުލަރައިޒް ވުމުގެ ފުރުޞަތު ދިނުން.
-
އަދި ބައޯމެޓްރިކްސް އަޕްޑޭޓް ކޮށްފައިވާ ބިދޭސީންގެ ތެރެއިން އެކްޓިވް ނޫން ވަރކް ޕަރމިޓެއްގައި ރާއްޖެއިން ފުރައިގެން ގޮސް 4މަހަށް ވުރެ ގިނަ ދުވަސް ވެއްޖެނަމަ ސިސްޓަމް ރެކޯޑްތައް ބެލުމަށް ވަރކް ޕަރމިޓް ބާޠިލްކުރުން.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 7690228 ގުޅުއްވައި ނުވަތަ [email protected]އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.
23 ޛުލްޙިއްޖާ 1446