ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަންޑާރަ ގޯތި ދޫކުރުމާއި ގުޅޭ

މިކައުންސިލުން ބަންޑާރަ ގޯތިދޫކުރުމަށް ކުރި (IUL)395-02/395/2024/121 (16 ޑިސެމްބަރ 2024 ) ޢިއުލާނާއި ގުޅިގެން ދަންނަވަމެވެ. ގޯއްޗަށް އެދި ފޯމް ހުށަހެޅި މުއްދަތުގައި ގޯތި ހުށަހަޅާ ފޯމްގައި ވާ "ލިބިފައިވާ ބިން" އަދި "ލިބެން އޮތް ބިން ދޫކޮށްލުމަށް" ވާ ދެ އިޤުރާރު ހިމަނާފައި އޮތުމުން، ރައްޔިތުންގެ ފަރާތުން އެ ދެ އިޤުރާރު އުނިކޮށް ދިނުމަށް އެދި ކަންބޮޑުވުން ފާޅުކުރަމުން ގެންދާތީ، މިކައުންސިލްގެ 04 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 18 ވަނަ ޖަލްސާއިން ނިންމާފައިވާނީ މި ދެ އިޤުރާރު އުނި ކޮށް ގޯއްޗަށް އެދި ފޯމް ހުށަހެޅުމަށް އިތުރު 15 ދުވަހުގެ މުއްދަތެއްދިނުމަށްށެވެ.

                ވީމާ، ގޯއްޗަށް އެދި ފޯމު ހުށަހެޅުމަށް 19 ޖޫން 2025 ން ފެށިގެން 09 ޖުލައި 2025 ވާ އާދީއްތަ ދުވަހުގެ 12:00ގެ ނިޔަލަށް ހުޅުވާލަމެވެ. އަދި މިމުއްދަތުގައި ކުރިން ފޯމް ހުށަހަޅާފައިވާ ފަރާތްތަކުން އަލުން ފޯމް ހުށަހަޅަން ނުޖެހޭނެ ކަމުގައި ދަންނަވަމެވެ.

18 ޖޫން 2025
ހޯދާ