ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގާޑިޔާ ވިޔަފާރިކުރުމަށް ބިންކުއްޔަށް ދޫކުރުމާއި ގުޅޭ

ލ.އިސްދޫ ކުޑަކުދިންގެ ޕާރކް އަޅާ ސަރަހައްދުގެ ދެކުނުން އޮތް މަގުގެ ދެކުނު ފަރާތު ބިމުގައި ގާޑިޔާ ވިޔަފާރި ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ ބިމުގެ ތަފްޞީލް:

#

ބިމުގެ

ނަންބަރ

ބިމުގެނަން / ބިން އޮތްތަން

ކުއްޔަށްދޭ ބޭނުން

ބިމުގެ ބޮޑުމިން

ބިންކުއްޔަށް ދޫކުރާ މުއްދަތު

ކުލީގެ ގޮތުގައި ހުށަހެޅޭނެ އެންމެ ކުޑައަގު

11

J-5

ކުޑަކުދިންގެ ޕާރކް އަޅާ  ސަރަހައްދު

ގާޑިޔާ ހިންގުމަށް

1200 އަކަފޫޓު

05 އަހަރު

0.50 ލާރި (އަކަފޫޓަކަށް)

 

ބީލަމުގައި ރަޖިސްޓްރީވުން

  • މިބިންތަކަށް އެދި ހުށަހެޅޭނީ ބީލަން ހުށަހެޅުމަށްޓަކައި މިކައުންސިލުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.
  • ރަޖިސްޓްރީވުމަށްޓަކައި 'ބީލަމުގައި ރަޖިސްޓްރީވާ ފޯމް' ފުރިހަމަ ކުރުމަށް ފަހު މިކައުންސިލަށް ހުށަހަޅާ ބިޑް ޑޮކިއުމަންޓް ގަތުމަށް ފައިސާ ދެއްކުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ދޫކުރެވޭނެއެވެ. ބިޑު ޑޮކިއުމަންޓް އަގަކީ  -/1200 ރުފިޔާއެވެ. 
  • ބީލަމުގައި ރަޖިސްޓްރީވާ ފޯމް ބަލައިގަތުމާއި ބިޑް ޑޮކިއުމަންޓަށް ފައިސާ ބަލައިގަތުންމަށް ހަމަޖެހިފައިވަނީ 19 ޖޫން 2025 ވަނަ (ބުރާސްފަތި) ދުވަހުން ފެށިގެން 29 ޖޫން 2025 ވާ (އާދީއްތަ) ދުވަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު 13:30 އަށް އިސްދޫ ކައުންސިލްގެ އިދާރާއަށެވެ.

މިމުއްދަތުގެ ތެރޭގައި އީމެއިލް މެދުވެރިކޮށް ފޯމް ހުށަހެޅުމަށްފަހު ބޭންކް އެކައުންޓަށް ފައިސާ ޖަމާކުރާ ފަރާތްތައްވެސް ބީލަމުގައި ރަޖިސްޓްރީކޮށްދެވޭނެއެވެ.

މަޢުލޫމާތު ސާފުކުރުން / މަޢުލޫމާތު ދިނުން

  • މި ބީލަމާގުޅޭ ގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
  • ބިން ކުއްޔަށްދިނުމާ ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ. އަދި މިކައުންސިލްގެ ވެބްސައިޓުން www.isdhoo.gov.mv 

އިން ލިބެން ހުންނާނެއެވެ.

  • އިތުރަށް މަޢުލޫމާތު [email protected] އަށް މެއިލް ކުރުމުން ފޯރުކޮށްދެވޭނެއެވެ.

ބީލަން ހުށަހެޅުން / ބީލަން ހުޅުވުން

  • ބީލަން / ބިން ކުއްޔަށް ހިފުމަށް އެދޭ ފޯމާއި ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ  29 ޖޫން 2023  ވާ (އާދީއްތަ) ދުވަހުގެ 13:00 އެވެ. ސުންގަޑި ހަމަވުމުން ލިބޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.
  • ޕްރޮޕޯސަލް އާއެކު ހުށަހަޅާ އެންމެހައި ލިޔެކިޔުންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި އޮންނަންވާނެއެވެ. އަދި ސިޓީ އުރައިގެ ބޭރުގައި އިޢުލާނު ނަންބަރާއި ކުއްޔަށް ހިފުމަށް އެދޭ ބިމުގެ ނަންބަރު ސާފުކޮށް ލިޔެފައި އޮންނަންވާނެއެވެ.
  • ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 29 ޖޫން 2025 ވާ (އާދީއްތަ) ދުވަހުގެ 13:00 ގައި ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމުން ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ ޙާޒިރުގައެވެ.
18 ޖޫން 2025
ހޯދާ