ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ސީނިއަރ އޮފިސަރ / ފައިނޭންސް

މަޤާމް:

ސީނިއަރ އޮފިސަރ

ވަޒީފާގެ ބާވަތް

ދާއިމީ

މަސައްކަތް ކުރަންޖެހޭ ތަން

ފައިނޭންސް ސެކްޝަން / ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ

މުސާރަ އާއި އެލަވަންސް

-/ 11,500ރުފިޔާ އާއި -/ 13,000 އާ ދެމެދު

ޑެއިލީ އެލަވަންސް

އެޓެންޑެންސް އެލަވަންސްގެ ގޮތުގައި ދުވާލަކަށް -/100 ރުފިޔާ

ކެޕިޓަލް މާރކެޓް އެލަވަންސްގެ ގޮތުގައި މުސާރައިގެ

އތުރުގަޑީގެ ފައިސާ

ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ޝަރުތު

  • އެކައުންޓިންގ ނުވަތަ ފައިނޭންސް ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލުކޮށްފައިވުން؛ ނުވަތަ
  • އެކައުންޓިންގ ނުވަތަ ފައިނޭންސް ދާއިރާއިން ޑިޕްލޮމާ ހާސިލުކޮށްފައިވުމާއިއެކު މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 04 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މައިގަނޑު މަސައްކަތާއި

ޒިންމާތައް

  1. ‏ ބަޖެޓް ތައްޔާރުކުރުމާއި މާލީ ހިސާބުތައް ތައްޔާރުކުރުމާއި ގުޅޭ މަސައްތައްތަކުގައި އެހީތެރިވެދިނުން.
  2. ދުވަހުން ދުވަހަށް ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް އެކުލަވާލުމުގައި އެހީތެރިވެދިނުން.
  3. އޮތޯރިޓީގެ ފިކްސްޑް އެސެޓްސް މެއިންޓެއިންކުރުން.
  4. ފައިސާ ދެއްކުމުގެ ކަންކަން ކުރިއަށް  ގެންދިއުމާއި، އެކަމާ ގުޅުންހުރި އެންމެހައި ލިޔެކިޔުންތައް ފުރިހަމަކޮށް ބެލެހެއްޓުން.
  5. އޮތޯރިޓީއަށް ލިބޭ ފައިސާ ހޯދުމާއި ރިކޯޑްކުރުމާގުޅޭ އެންމެހައި މަސައްކަތް ކުރުން.
  6.  މާލީ ހިސާބު ބެލެހެއްޓުމާއި ރިޕޯޓުތައް ތައްޔާރު ކުރުމުގައި ފައިނޭންސްގެ  ޤަވާޢިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ޢަމަލުކުރުން.

 

ޕޮއިންޓް ދޭނެ މިންގަނޑުތައް

-        ޙާސިލުކޮށްފައިވާ ތަޢުލީމު (ކަނޑައެޅިފައިވާ އިންސައްތަ  30 )

-       ތަޖުރިބާ އާއި ހުނަރު (ކަނޑައެޅިފައިވާ އިންސައްތަ  10 )

-        އިންޓަރވިއު  (ކަނޑައެޅިފައިވާ އިންސައްތަ  40)

-        ޕްރެކްޓިކަލް އެސެސްމަންޓް (ކަނޑައެޅިފައިވާ އިންސައްތަ  20)

އެޕްލިކޭޝަން ސުންގަޑި

-        07 ޖުލައި 2025 ގެ 23:59 ގެކުރިން

ހުށަހަޅަންޖެހޭ ލިޔުންތައް:

 

-        އެޕްލިކޭޝަން ފޯމު

-        ކަރިކިއުލަމް ވިޓާ (ސީވީ)

-        ދިވެހި ރައްޔިތެއްކަން އަންގައިދޭ (މުއްދަތު ހަމަނުވާ) ކާޑުގެ ކޮޕީ

-        ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ

-        މިހާތަނަށް އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭ ރަސްމީ ލިޔުން

-        ޕޮލިސް ރިޕޯޓް

އިތުރު މަޢުލޫމާތު

-        މި އިޢުލާނާ ގުޅިގެން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

-        މި މަގާމަށް މީހަކު ހޮވުމުގައި ބަލާނީ، ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުގެ ތަޖުރިބާއަށް އަދި އިންޓަވިއުއިން ލިބޭ މާކްސްއަށެވެ.

-        މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ތިރީގައިވާ ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

އެޕްލިކޭޝަން ހުށަހެޅުން

 

ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިންކޮށް ހުށަހެޅުއްވުންއެދެމެވެ.

 Application Form

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3014103އަށެވެ.

ނޯޓް: މި މަޤާމަށް އެކަށީގެންވާ ފަރާތެއް ނުލިބިއްޖެނަމަ ވަޒީފާއަށް އެދި ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ވަޒީފާއަށް ހަމަޖެއްސުމުގެ އިޚްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

-----------------------------------------

18 ޖޫން 2025
ހޯދާ