ދިވެހިރާއްޖެ
ނަންބަރ: GS-189/IUL/2025/12
އެޑްމިނިސްޓްރޭޓަރ
ޢިއުލާން
އިޢުލާނު |
|
މަޤާމު: |
އެޑްމިނިސްޓްރޭޓަރ |
މަޤާމުގެ ނަންބަރު: |
J-274646 |
ބޭނުންވާ އަދަދު: |
1 |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ރޭންކު: |
އެމް. އެސް. 3 |
މަޤާމުގެ ކްލެސިފިކޭޝަން: |
އެސިސްޓެންޓް ޑިރެކްޓަރ |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
މާމެންދޫ ސްކޫލް / ލ. މާމެންދޫ |
މުސާރަ: |
7,035.00 ރުފިޔާ |
ސަރވިސް އެލަވަންސް: |
2,000.00 ރުފިޔާ |
އެހެނިހެން އެލަވަންސް: |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
10. ސްކޫލްގެ މޫނުމަތިން ފެންނަ އެންމެހައި ތަންތަން ހާއްސަ ސަމާލުކަމާއެކު ބެލެހެއްޓުމާއި ސްކޫލްގެ ނަންބޯޑާއި އޮފީހުގެ ނަންބޯޑު ފަސޭހައިން ފެންނަ ތަނެއްގައި އެކަށީގެންވާ ރިވެތިކަމާއި ސާފުކަމާއެކު ހުންނާނެ ގޮތެއްގެ މަތިން ބެލެހެއްޓުމާއި ސްކޫލަށް އަންނަ މެހެމާނުންނަށް ރަގަޅު އިމްޕްރެޝަނެއް ލިބޭގޮތަށް މޫނުމަތި ބެލެހެއްޓުން 11. ސްކޫލަށް ދިމާވާ ހާއްސަ ކަންތައްތަކާއި ބޮޑެތި ކަންތަކުގައި އެއިރަކު ހުންނަވާ ވެރިއަކު އަންގަވާ ގޮތެއްގެ މަތިން ހަރަކާތް ތެރިވުން 12. ނޮން އެކަޑެމިކް މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒްކުރުން. 13. އިންވެންޓްރީ ބެލެހެއްޓުން- (މިކަން ކުރުވާނީ އެކަމަށް ޙަވާލުކުރެވޭ މުވައްޒަފަކު ލައްވައެވެ.) ސްކޫލަށް ހޯދާ ތަކެތީގެ ތެރެއިން ސްޓޮކަށް ވައްދަންޖެހޭ ހުސްވާތަކެތި ފިޔަވައި އެހެނިހެން ތަކެއްޗާއި އެސެޓްސް، ހަރަދުކުރުމަށް ހުއްދަދިނުމުގެ ކުރިން އިންވެންޓްރީއަށް އަރުވައި ރާވައި ހިންގުން. ސްކޫލަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ލިބޭ ތަކެތި ބަލައިގެން ގެއްލުމެއް ލިބިފައިހުރިތޯ ޗެކްކޮށް ތަކެތި ފޮނުވާ ފޯމްގައި ސޮއިކޮށް ފޯމް 10 ދުވަހުގެ ތެރޭގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް ފޮނުވާ، ފޯމް ފޮނުވުމުގެ ކުރިން ތަކެތި އިންވެންޓްރީއަށް އެރުވުން. އިންވެންޓްރީގައި ހިމެނޭ ތަކެތީގެ ތެރެއިން ވަކިތަނެއްގައި ބަހައްޓަންނުޖެހޭ އެންމެހައި ތަކެތި ރައްކާކޮށް ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުން. ސްކޫލްގައި ހުންނަ އަގުބޮޑު މެޝިންތަކާއި އިކުއިޕްމަންޓްސް ބޭނުންކުރެވެނީ ހެޔޮގޮތުގައިތޯ ބެލުން. ސުކޫލުން ބޭރަށް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ތަކެއްޗާއި ޢިމާރާތްތައް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކަނޑައެޅިފައިވާ ގަވާއިދުގެމަތީން އެކިފަރާތްތަކަށް ދޫކުރުމާއި ދޫކުރިބޭނުން ނިމުމުން އަނބުރާ ބަލައިގަތުމުގެ އިންތިޒާމުތައް ހަމަޖައްސައި ބެލެހެއްޓުން 14. ސްޓޮކް ބެލެހެއްޓުން – (މިކަން ކުރުވާނީ އެކަމަށް ޙަވާލުކުރެވޭ މުވައްޒަފަކު ލައްވައެވެ.) ސްކޫލަށް ހޯދޭ ތަކެތީގެ ތެރެއިން ސްޓޮކަށް ވައްދަންޖެހޭ ތަކެތި ހަރަދުކުރުމަށް ހުއްދަ ދިނުމުގެ ކުރިން ސްޓޮކްބާކީއަށް އެރުވޭނެގޮތް ރާވައި ހިންގުން. ސްޓޮކްގައި ބަހައްޓާނެ ތަކެއްޗާއި ތަކެތި ބަހައްޓާނެ ގިނަ މަދުމިން އިސްވެރިޔާގެ މަޝްވަރާގެ މަތިން ކަނޑައެޅުން. ސްޓޮކްގައި ހުންނަ ތަކެތި ދޫކުރާނެ މުވައްޒިފުންނާއި ދޫކުރާނެ ގިނަމަދުމިން އިސްވެރިޔާގެ މަޝްވަރާގެ މަތިން ކަނޑައަޅާ ސްޓޮކުން ތަކެތި ދޫކުރާނެ ގަޑިއެއް ހަމަޖައްސައި އެގަޑީގައި ތަކެތި ދޫކޮށް ސްޓޮކްބާކީއިން ބާކީކުރެވޭނެގޮތް ރާވައި ހިންގުން 15. އިމާރާތާއި ތަންތަން މަރާމާތުކުރުން. ސްކޫލްގެ އިމާރާތްތަކާއި ތަންތަނުގެ ތެރެއިން ބައުވެ ހަލާކުވެފައިވާ ތަންތަނާއި އެކިއެކި ގެއްލުން ލިބިގެން ހަލާކުވާ ތަންތަނާއި ތަނުގެ ރިވެތި ކަމަށްޓަކައި އާކޮށް ބަލަހައްޓަންޖެހޭ ތަންތަން މަރާމާތުކުރުމުގެ ކަންތައްތަކުގެ ޕްރޮޖެކްޓް ތައްޔާރުކޮށް މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް ހުށަހެޅުން. 16. ތަކެތި މަރާމާތުކުރުމާއި އޯވަރހޯލް ކުރުވުމާއި ތަކެތި ބޭނުންކުރެވެނީ ހެޔޮގޮތުގައިތޯ ބެލުން. ޗާޕްމެޝިނާއި ގިނަގިނައިން ބޭނުންކުރެވޭ އެހެނިހެން މެޝިންތަކާއި ދުއްވާ ތަކެތި އިސްވެރިޔާގެ މަޝްވަރާގެ މަތީން އަހަރަކު ދެފަހަރު އޯވަރހޯލް ކުރުވުން. މެޝިންތަކާއި ދުއްވާތަކެއްޗާއި ފިކްސްޗަރގެ ކަންޑިޝަން މަދުވެގެން އަހަރަކު ދެފަހަރު ޗެކްކުރުން. އިސްވެރިޔާގެ މަޝްވަރާގެ މަތީން ފަރުނީޗަރު މަރާމާތުކުރުން |
މަޤާމުގެ ޝަރުޠުތައް: |
|
މަޤާމުގެ ތަޢުލީމީ ރޮނގުތައް: - އެކައުންޓިން - އެޑްމިނިސްޓްރޭޝަން - ބިޒްނަސް އެޑމިނިސްޓްރޭޝަން - ބިޒްނަސް މެނޭޖްމެންޓް - ފައިނޭންސް - މެނޭޖްމަންޓް - ޕަބްލިކް އެޑްމިނިސްޓްރޭޝަން ޕްރިފަރޑް ޑިސިޕްލިން - ބިޒްނަސް އެޑްމިނިސްޓްރޭޝަން - ބިޒްނަސް މެނޭޖްމަންޓް - ޕަބްލިކް އެޑްމިނިސްޓްރޭޝަން ކޯ ޑިސިޕްލިން ނެތް ނޯޓް: ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިން އާއި ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާފަރާތުން ހުށަހަޅައިފައިވާނަމަ އެފަރާތަކަށް ކްރައިޓީރިއާގައިވާ ކޯ/ ޕްރިފަރޑް ޑިސިޕްލިން އަށް ދިނުމަށް ކަނަޑައަޅާފައިވާ ޕޮއިންޓް ދެވޭނެއެވެ. |
|
ގުޅޭ ވަޒީފާގެ ދާއިރާތައް: - އެޑްމިނިސްޓްރޭޝަން - މެނޭޖްމެންޓް |
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު". |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
އަސާސީ ޝަރުޠު ހަމަވުން އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ އެސެސްމަންޓް / އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް ޕްރެޒެންޓޭޝަން އިންޓަރވިއު |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30 ޖޫން 2025 ގެ 12:00ގެ ކުރިން، މާމެންދޫ ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު،އަޕްލޯޑް ކުރެއްވުމަށް ދަންނަވަމެވެ.
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެއެވެ.
|
އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން) އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން) އޮންނާނީ، 01 ޖުލައި 2025 އާއި 10 ޖުލައި 2025 އާ ދެމެދު، މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ކަނޑައަޅާ ތަނެއްގައެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6800549 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ. |
22 ޛުލްޤަޢިދާ 1446
18 ޖޫން 2025