ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ރަތަފަންދޫ ކައުންސިލްގެ އިޙްތިސާސްގެ ތެރޭގައި ހިމެނޭ ރައްތައް ރަތަފަންދޫގެ ރައްޔިތުންނަށް ކުއްޔަށް ދޫކުރުން

ގދ. ރަތަފަންދޫ ކައުންސިލްގެ އިހްތިސާސްގައި ހިމެނޭ މޭރަގިއްލާ، ފާހުއްޓާ ، ދެރެކުރެހާ އަދި ދޯނިގިއްލާ ގދ.ރަތަފަންދޫއަށް ނިސްބަތްވާ ފަރާތްތަކަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ.

އިތުރު މަޢުލޫމާތު

  • ކުއްޔަށް ހިފުމަށް އަގުހުށަހަޅަންވާނީ ކޮންމެ ރަށަކަށް ވަކިވަކިންނެވެ.
  • ދަންނަވާފައިވާ ރަށްތައް ކުއްޔަށް ނެގުމަށް ބޭނުންވާ ފަރާތްތަކުން ރަށްތައް (ކުއްޔަށް ހިފަން ބޭނުންވާ ރަށާއި އަގު) ހިމެނޭ ގޮތަށް ލިޔެ، ބަންދުކޮށްފައިވާ ސިޓީއާއެކު 2025 ޖޫން 22 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ހުށަހެޅުން އެދެމެވެ. ކުއްޔަށްހިފަން ބޭނުންވާ ފަރާތުގެ ނަމާއި ރަށުގެ ނަން ބަންދުކޮށްފައިވާ ސިޓީ އުރައިގެ ބޭރުގައި ލިޔެވިފައި އޮންނަން ވާނެއެވެ.  މިވަގުތުގައި ކުއްޔަށް ހިފުމަށް އެދޭ ފަރާތުގެ ހާޒިރުގައި (ބަދަލުގައި ބައިވެރިވާ ފަރާތެއްނަމަ ކުއްޔަށް ހިފުމަށް ހުށަހަޅާފަރާތުގެ ސިޓީއަކާއި އެއްކޮށް) ހާޒިރުވާ ފަރާތެއްގެ ހާޒިރުގައި ސިޓީއުރަތައް ކަނޑާ އަގުތައް ހާމަކުރެވޭނެއެވެ.
  • 10:00 އަށް ގަޑިއަށް ހާޟިރު ނުވާފަރާތްތަކުގެ ސިޓީ ބަލައި ނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

 ރަށްތައް ކުއްޔަށް ހިފުމަށް އެންމެ މަތީ އަގެއް ހުށަހަޅާފައިވާ ފަރާތަކަށް (ކޮންމެ ރަށެއް ވަކިން) އެއްބަސް ވުމެއްގެ ދަށުން ރަށް ކުއްޔަށް ދޫކުރެވޭނޭ ވާހަކަ ދަންނަވަމެވެ. މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.   

       އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރު 6840016 އަދި 7971219 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

18 ޖޫން 2025
ހޯދާ