ދިވެހިރާއްޖެ
އެއަރޕޯރޓް ސަރަޙައްދުން ކުއްޔަށްދޫކުރާ ބިންތަކުގައި ހުރި ރުއްގަހުގެ ވެރިފަރާތް ހޯދުމަށް ބޭނުން ވެއްޖެއެވެ.
ވީމާ އެ ރުއްގަހުގެ ވެރިފަރާތްތަކުން ރުއްގަހުގައި ޖަހާފައިވާ ނަމްބަރާއި ރުކުގެ މޮޅު ދެރަ މިން (މޮޅު ރުއް، މެދު ރުއް، ފޯދުނު ދެރަ، ނުފޯދޭ ބޮޑު، ކަނދުބުޑުލީ، ހިރުނދު، ފުނަ) ވަކިން، ތަފްޞީލާއެކު ޢަދަދު އެނގޭނެހެން 26 ޖޫން 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ސިޓީ ނުވަތަ ފޯމް ހުށަހެޅުއްވުން އެދެމެވެ. އެ ސަރަޙައްދުގައިވާ ރުއް،ގަސް ފާހަގަ ވާނެހެން ކަޅުކުލައިގެ ފާހަގައެއް ޖަހާފައި ހުންނާނެއެވެ.
މި މުއްދަތުގައި އެއްވެސް ފަރާތަކުން ސިޓީ ހުށަހަޅުއްވާފައި ނުވާނަމަ، ބެލޭނީ އެއްވެސް ފަރާތެއްގެ ރުކެއް އެސަރަޙައްދުގައި ނެތީކަމުގައެވެ. އަދި އެ ސަރަޙައްދުގައި ހުރި ނަގައިގެންގެންދެވޭ ކުދި ރުއްތައް، ރުކުގެ ވެރިފަރާތްތަކުން މަތީގައި ދެންނެވިފައިވާ މުއްދަތުގައި ނަގައިގެން ގެންދިއުންއެދެމެވެ. މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. މި ސަރަޙައްދު އެނގޭނެ ގޮތުގެ ޗާޓު އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ.