ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަދުރު ރުކާއި ލައިޓް ޕޯސްޓް ފޯރުކޮށްދިނުން

މި ކައުންސިލުން ހިންގާ ޕްރޮޖެކްޓަށް ބޭނުންވާ 22 ކަދުރު ރުކާއި 15 ލައިޓް ޕޯސްޓް (ބޮތްކާއިއެކު) ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

            މި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް މި ކައުންސިލުން ކުރިން ކޮށްފައިވާ ނަންބަރު (IUL)389/389/2025/23 (15 މެއި 2025) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ބީލަންތަކުގެ ތެރެއިން 01 ބީލަން ފިޔަވާ ހުރިހާ ބީލަމެއް، ޝަރުޠުތައް ފުރިހަމަ ނުވާތީ ބާޠިލްކޮށް އަލުން ބީލަމަށް ހުޅުވާލުމަށް ކައުންސިލުންވަނީ ނިންމާފައެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2025 ޖޫން 18 ވަނަ ދުވަހުން ފެށިގެން 2025 ޖޫން 25 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ބީލަން ރަޖިސްޓަރީ ކުރާ ފޯމު މި އިދާރާއަށް ހުށަހަޅައި ބީލަން ރަޖިސްޓަރީކުރެއްވުން އެދެމެވެ. މި އިދާރާގެ އީމެއިލް [email protected]  އަށް އީމެއިލް ކޮށްގެންވެސް ބީލަން ރަޖިސްޓަރީ ކުރެވޭނެއެވެ. ރަސްމީގަޑީގައި މި އިދާރާއިން ފޯމު ލިބިވަޑައިގަންނަވާނެއެވެ.  ބީލަންފޮތް ވިއްކާ އަގަކީ -/100ރ (ސަތޭކަ ރުފިޔާ) އެވެ. ބީލަމުގައި ރަޖިސްޓަރީ ވާން ބޭނުންވާ ފަރާތްތަކުން މި އިދާރާގެ ނަންބަރު 7725700372002 (1439 revenue 2) އެކައުންޓަށް ފައިސާ ޖަމާކޮށް ސްލިޕްއާއިއެކު ރެޖިސްޓްރޭޝަން ފޯމް ހުށަހެޅުމުން ބީލަމުގައި ރަޖިސްޓަރީކުރެވޭނެއެވެ. މި ބީލަމުގައި ކުރިން ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން އަލުން ބީލަމުގައި ރަޖިސްޓަރީ ވާކަށް ނުޖެހޭނެއެވެ.

ބީލަން ބަލައިގަތުމާއި، އަދި ބިޑް ހުޅުވުން އޮންނާނީ ތިރީގައިވާ ތަވާލްގައިވާ ގޮތުގެމަތިން އެ ދުވަސްތަކާއި ގަޑިތަކުގައެވެ.

ބީލަން ވިއްކުން

2025 ޖޫން 25 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް

ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން

2025 ޖޫން 30 ވަނަ ދުވަހު 10:30 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައި

 ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ. 

18 ޖޫން 2025
ހޯދާ