ދިވެހިރާއްޖެ
މިރަށުގައި ސަރުކާރުގެ ފަރާތުން ޤާއިމް ކުރުމަށް ހަމަޖެހިފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު މިއަދު ހަމަވާއިރު ފޯމް ހުށަހެޅުމުގެ ފުރުޞަތު އިތުރުކޮށްދިނުމަށް ނިލަންދޫގެ ގޭބިސީތަކުން އެދެމުންދާތީއާއެކު އެފުރުޞަތު ހުޅުވާލަމެވެ.
ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ 2025 ޖުލައި 18 ވަނަ ދުވަހުގެ 14:00 އެވެ. ޚިދުމަތަށް އެދޭ ފޯމުގެ ނަމޫނާ މިއިޢުލާނާއި އެކުގައިވާނެއެވެ. ޚިދުމަތަށް އެދޭ ފޯމު ރަސްމީގަޑީގައި މިއިދާރާގެ ކައުންޓަރުންނާއި، ދިވެހި ސަރުކާރުގެ ގެޒެޓުންނާއި، މިއިދާރާގެ ފޭސްބުކް ޕޭޖުންނާއި، ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ.
ވީމާ، މިމުއްދަތުގެ ތެރޭގައި ގޭބިސީތަކުން ފޯމު ފުރުއްވުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމާއެކު ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ނުވަތަ ބިމުގެ ރަޖިސްޓްރީގެ އަސްލާ އެއްގޮތް ކޮޕީއާއި ވެރިފަރާތުގެ އައިޑީ ކާޑު ކޮޕީ ހުށަހެޅުއްވުން އެދެމެވެ.
22 ޛުލްޙިއްޖާ 1446
18 ޖޫން 2025