މަޤާމު:
|
ޓެކްނިކަލް ސަޕޯޓް ސްޕެޝަލިސްޓް
|
ބޭނުންވާ ޢަދަދު: 1
|
މަސައްކަތްކުރަން ޖެހޭ ތަން:
|
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (މެއިން ކެމްޕަސް)
|
މަޤާމުގެ ގްރޭޑު/ ސްޕައިން ޕޮއިންޓު، މަޤާމުގެ ޝަރްޠުތައް، އަސާސީ މުސާރަ، އަދި ސަރވިސް އެލަވަންސް
|
މަޤާމު
|
ގްރޭޑް /
ސްޕައިން ޕޮއިންޓު
|
ޝަރުތު
|
މަޤާމުގެ އަސާސީ މުސާރަ
|
ސަރވިސް އެލަވަންސް
|
އެކަޑެމިކް ސަޕޯޓް އޮފިސަރ
|
ADG4/17
|
1. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން
ނުވަތަ،
2. މަތީ ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.
|
5,778.10 ރުފިޔާ
|
2,476.33 ރުފިޔާ
|
ADG4/18
|
1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 17 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.
ނުވަތަ
2. އޭޑީޖީ ކްލެސިފިކޭޝަން 4 ގެ ރޭންކްގައި ނުވަތަ އެއާއި އެއްފެންވަރެއްގެ މަޤާމުގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި އެކު މިފަދަ ތަޖުރިބާ ވަޒަން ކުރުމަށް އައި.ޔޫ.އެމް. އިން ކަނޑައަޅާފައިވާ މިންގަނޑުން ފާސްވުން.
|
5,956.80 ރުފިޔާ
|
2,552.92 ރުފިޔާ
|
ADG4/19
|
1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 18 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.
ނުވަތަ
2. އޭޑީޖީ ކްލެސިފިކޭޝަން 4 ގެ ރޭންކްގައި ނުވަތަ އެއާއި އެއްފެންވަރެއްގެ މަޤާމުގައި 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި އެކު މިފަދަ ތަޖުރިބާ ވަޒަން ކުރުމަށް އައި.ޔޫ.އެމް. އިން ކަނޑައަޅާފައިވާ މިންގަނޑުން ފާސްވުން.
|
6,141.04 ރުފިޔާ
|
2,631.87 ރުފިޔާ
|
ADG4/20
|
1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 19 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.
ނުވަތަ
2. އޭޑީޖީ ކްލެސިފިކޭޝަން 4 ގެ ރޭންކްގައި ނުވަތަ އެއާއި އެއްފެންވަރެއްގެ މަޤާމުގައި 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި އެކު މިފަދަ ތަޖުރިބާ ވަޒަން ކުރުމަށް އައި.ޔޫ.އެމް. އިން ކަނޑައަޅާފައިވާ މިންގަނޑުން ފާސްވުން.
|
6,330.97 ރުފިޔާ
|
2,713.27 ރުފިޔާ
|
ADG4/21
|
1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 20 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.
ނުވަތަ
2. އޭޑީޖީ ކްލެސިފިކޭޝަން 4 ގެ ރޭންކްގައި ނުވަތަ އެއާއި އެއްފެންވަރެއްގެ މަޤާމުގައި 8 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި އެކު މިފަދަ ތަޖުރިބާ ވަޒަން ކުރުމަށް އައި.ޔޫ.އެމް. އިން ކަނޑައަޅާފައިވާ މިންގަނޑުން ފާސްވުން.
|
6,526.77 ރުފިޔާ
|
2,797.19 ރުފިޔާ
|
ADG4/22
|
1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 21 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.
ނުވަތަ
2. އޭޑީޖީ ކްލެސިފިކޭޝަން 4 ގެ ރޭންކްގައި ނުވަތަ އެއާއި އެއްފެންވަރެއްގެ މަޤާމުގައި 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި އެކު މިފަދަ ތަޖުރިބާ ވަޒަން ކުރުމަށް އައި.ޔޫ.އެމް. އިން ކަނޑައަޅާފައިވާ މިންގަނޑުން ފާސްވުން.
|
6,728.62 ރުފިޔާ
|
2,883.70 ރުފިޔާ
|
ADG4/23
|
1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 22 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.
ނުވަތަ
2. އޭޑީޖީ ކްލެސިފިކޭޝަން 4 ގެ ރޭންކްގައި ނުވަތަ އެއާއި އެއްފެންވަރެއްގެ މަޤާމުގައި 12 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި އެކު މިފަދަ ތަޖުރިބާ ވަޒަން ކުރުމަށް އައި.ޔޫ.އެމް. އިން ކަނޑައަޅާފައިވާ މިންގަނޑުން ފާސްވުން.
|
6,936.73
|
2,972.88
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:
|
- ޓެކްނިކަލް ސަޕޯޓް ޓީމާ ގުޅިގެން މަސައްކަތްތައް ނިންމުމުގައި ބައިވެރިވުން. ހުރިހާ މަސައްކަތްތަކެއްގައި އައިސީޓީގެ ސިޔާސަތުތަކާއި އުސޫލުތަކަށް އަމަލުކުރުން.
- ސަރވަރ، ކޮމްޕިއުޓަރ ސިސްޓަމް، އަދި ޕެރިފެރަލްސް އަންގާފައިވާ ގޮތަށް ސެޓްއަޕްކޮށް، ސުޕަވައިޒަރާއެކު އަޕްގްރޭޑް އަދި މެއިންޓެނަންސް ޝެޑިއުލް ކުރަމުން، ސޮފްޓްވެއަރ އިންސްޓޯލްކޮށް ކޮންފިގްރޭޓްކުރުން. ސަރވަރތަކާއި ސިސްޓަމްތަކުގައި ރޫޓިން ޗެކްތައް ހެދުމާއި، ހާޑްވެއަރ އަދި ސޮފްޓްވެއަރ މައްސަލަތައް ޑައިގްނޯސްކޮށް ހައްލުކުރުމާއި ސުޕަވައިޒަރަށް އެންގުން. މަރާމާތުކުރުމާއި އަދި މައްސަލަ ހައްލުކުރުމުގެ ރެކޯޑްތައް ބެލެހެއްޓުން.
- ވެބް އެޕްލިކޭޝަންތަކުގައި ޔޫޒަރުންގެ މައްސަލަތައް ހައްލުކުރުން. ވެބް އެޕްލިކޭޝަންތަކުގައި ދިމާވާ މައްސަލަތައް ސުޕަވައިޒަރުގެ އެހީތެރިކަމާއެކު ރަނގަޅުކޮށް، ފަންކްޝަންތަކާ ބެހޭގޮތުން ޔޫޒަރުންނަށް މަގުދައްކައިދިނުން. އެޕްލިކޭޝަން އެކްސެސިބިލިޓީއާއި ޕާފޯމަންސް ބެލުން، ޑައުންޓައިމް ނުވަތަ މައްސަލައެއް ވާނަމަ ސުޕަވައިޒަރަށް އެންގުމެވެ.
- ހާޑްވެއަރ، ސޮފްޓްވެއަރ، ނުވަތަ ނެޓްވޯކް މައްސަލަތަކަށް ޔޫޒަރުންނަށް (މުވައްޒަފުންނާއި ދަރިވަރުންނަށް) ސަޕޯޓް ދިނުން. އާ ސިސްޓަމް ނުވަތަ ޓޫލްތަކާ ބެހޭ ގޮތުން ޔޫޒަރުންނަށް (މުވައްޒަފުންނާއި ދަރިވަރުންނަށް) އަސާސީ ތަމްރީނު ދިނުން. ސިސްޓަމްގައި ސަޕޯޓް ޓިކެޓްތައް ލޮގްކޮށް، ޓްރެކްކޮށް، އަދި އަޕްޑޭޓްކުރުން. ޓީމަށް ނޮލެޖް ބޭސްއެއް ބިނާކުރުމަށްޓަކައި އާންމު ފަންނީ މައްސަލަތަކާއި އެ މައްސަލަތަކުގެ ހައްލުތައް ރެކޯޑްކުރުން.
- ޔުނިވަރސިޓީގެ ލޯކަލް ނެޓްވޯކްތައް އެންމެ ރަނގަޅު ނަތީޖާއެއް ހޯދުމަށްޓަކައި ބެލެހެއްޓުމާއި ޔުނިވަރސިޓީގެ ލޯކަލް ނެޓްވޯކާއި ކޮމްޕިއުޓަރުތަކުގެ ސެކިއުރިޓީއާއި ޕްރައިވެސީ ބެލެހެއްޓުމުގައި ސުޕަވައިޒަރަށް އެހީތެރިވުން.
- އައިޓީ އިކުއިޕްމަންޓްތަކާއި ސޮފްޓްވެއަރ ލައިސަންސްތަކުގެ އިންވެންޓްރީ ބެލެހެއްޓުން.
- ޔުނިވަރސިޓީން ބާއްވާ އެކިއެކި ހަރަކާތްތަކާއި ބައްދަލުވުންތަކުގެ މަލްޓިމީޑިއާ، ސައުންޑް އަދި ރެކޯޑިންގ ޕްލޭންކޮށް އިންތިޒާމުކުރުން.
- ޔުނިވަރސިޓީގެ މުހިންމު އެކިއެކި ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވުމާއި، ޔުނިވަރސިޓީއަށް އެހީތެރިވުން.
- މަތީގައިވާ ކަންތައްތަކުގެ އިތުރުން، ޔުނިވަރސިޓީގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ސުޕަވައިޒަރު ހަވާލުކުރާ އެންމެހައި މަސައްކަތްތައް ކުރުން.
|
އުޖޫރައާއި ޢިނާޔަތްތައް:
|
- މުވައްޒަފަށް ދެވޭ އަސާސީ މުސާރައާއި ސަރވިސް އެލަވަންސްގެ އިތުރުން ސްޕެޝަލް ޑިއުޓީ އެލަވަންސް (އަސާސީ މުސާރައިގެ35% ) ދެވޭނެއެވެ.
- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
- ސްޓާފް ހެލްތު އިންޝިއުރަންސް ސްކީމް ދެވޭނެއެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު (ގުޅޭ ދާއިރާއިން)
- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (ގުޅޭ ދާއިރާއިން)
- ލިބިފައިވާ ހުނަރު (އިންޓަރވިއު/ޕްރެކްޓިކަލްސް)
|
ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
|
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (ދެ ފުށް ފެންނާނެހެން ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް)
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީ އަކުން ނުވަތަ ކޮލެޖަކުން ހަދާފައިވާ ކޯހެއްނަމަ އެކްރިޑިޓް ނުވަތަ ވެލިޑޭޓް ކޮށްފައިވާ ކޮޕީ)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
|
ވަޒީފާއަށް އެދި ހުށަހަޅާނެ ގޮތް:
|
- ވަޒީފާއަށް އެދި ހުށަހަޅާނީ ތިރީގައި މި ވާ ލިންކް ބޭނުންކޮށްގެންނެވެ.
- https://forms.gle/zKi9JbtARRoXtzR38
- އަޕްލޯޑްކުރާ އެންމެހާ ލިޔެކިޔުންތައް ހުންނަންވާނީ ސާފުކޮށް ކިޔަން އެނގޭނެ ފަދަ ގޮތަކަށެވެ.
- އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
|
އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚް:
|
- 2025 ޖޫން 24 ވަނަ ދުވަހުގެ 23:59 އަށް
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
- މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ ހެނދުނު 8:00 ން ރޭގަނޑު 10:00 އާއި ދެމެދު 6 ގަޑިއިރު.
- މިމަގާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 25 ޖޫން 2025 އިން 15 ޖުލައި 2025 އާއި ދެމެދުގައެވެ. އިންޓަވިއު އޮންނާނެ ތަނަކާއި ވަގުތު ކެންޑިޑޭޓުންނަށް ދުރާލާ އެންގޭނެއެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.
|
އިތުރު މަޢުލޫމާތު:
|
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3022160ނަންބަރު ފޯނާއެވެ.
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
|