ދިވެހިރާއްޖެ
މަޤާމް :ޓެކްނިކަލް ޑިރެކްޓަރ (މެޑިކަލް ޑޮކްޓަރ) | |
---|---|
ބޭނުންވާ އަދަދު :1 | |
މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ ޓެކްނިކަލް އެގްޒެކެޓިވް ޑިރެކްޓަރ މުސާރަ: - އަސާސީ މުސާރަ: -/17,542 ރުފިޔާ - ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު: -/2،700 ރުފިޔާ އިތުރު ޢިނާޔަތްތައް: - ނޮން-ޕްރެކްޓިސް އެލަވަންސް: -/6,139.70 ރުފިޔާ (އަސާސީ މުސާރައިގެ %35) - އިތުރު ގަޑީގެ ގޮތުގައި މަހަކު: -/10,525.20 ރުފިޔާ (އަސާސީ މުސާރައިގެ %60) - ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ޕްރޮފެޝަނަލް އެލަވަންސް -/3,508.40 ރުފިޔާ (އަސާސީ މުސާރައިގެ 20 އިންސައްތަ) - ކެއުމާއި ބޭސްފަރުވާ ކުރުން ޝަރުތު: - މެޑިކަލް ޑޮކްޓަރަކަށް ވުމާއެކު މަދުވެގެން ހިންގުމުގެ ދާއިރާއިން 10 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. - ހެލްތް ކެއަރ މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ ލެވެލް 9 ގެ ސަނަދު ހާސިލުކޮށްފައިވުމާއެކު މަސައްކަތުގެ ދާއިރާއިން މަދުވެގެން 05 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ، ޕަބްލިކް ހެލްތް ކެއަރ މެނޭޖްމަންޓްގައި އެކަށީގެންވާ ފަދަ މަސައްކަތްތައް ކޮށްފައިވުން. - ހެލްތް ކެއަރ ދާއިރާގައި ކިޔަވައި ދިނުމުގެ ތަޖުރިބާ ލިބިފައިވުން. - މީލާދީ ގޮތުން 18 އަހަރު ފުރިފައިވާ ފަރާތެއް ކަމުގައިވުން، - އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ވައްކަން، ޓެކުން، މަކަރާ ޙީލަތް، މަސްތުވާ ތެކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ ފަރާތެއް ކަމުގައި ނުވުން، - ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާއެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން. މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު: - ދިވެހި ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުންންނާއި އާއިލާގެ ސިއްހީ ދުޅަހެޔޮކަން ކުރިއެރުވުމުގެ ސިޔާސަތު އެކުލަވާލުން. - ދިވެހި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށުގައިވާ މީހުންގެ ސިއްހީ ބޭނުންތައް ފުރިހަމަ ކުރުމުގެ ސިޔާސަތު އެކުލަވާލުމާއި ހިންގުމުގައި ބައިވެިރވުން. - ފުލުހުންނާއި ފުލުހުންގެ އާއިލާގެ ސިއްހީ ވެލްފެއަރ ގެ ބޭުނުން ކުރެވޭ ގޮތް ގާތުން ބަލާ އޭގެ ސިޔާސަތު ހިންގުމުގައި ސިއްހީ ލަފާ ދިނުން. - ފުލުހުންގެ މަސައްކަތުގައި ހުށަހެޅޭ ނުރައްކާތެރި ބަލިތަކާއި އަނިޔާތަކުން ރައްކާތެރިކުރުމަށްޓަކައި ފުލުހުންގެ ވަކިވަކި ފުލުހުންނަށް އަދި ފުލުހުންގެ މުޅި އާބާދީއަށް އެއްމެ އެކަށީގެންވާ ރައްކާތެރިކަމުގެ މިންގަނޑެއް އެކުލަވާލާ ރައްކާތެރުކުރުމުގެ ޕްރޮގްރާމް ތައް ހިނގުމުގެ ސިޔާސަތު ކަނޑައަޅާ ސިއްހީ ލަފާދިނުން. - ފުލުހުންނަކީ ފުލުހުންގެ ދައުރު އަދާ ކުރުމުގައި ސަމާލުވާންޖެހޭ ސިއްހީ، ނުވަތަ މެޑިކަލް ކަންކަމާއި ރައްޓެހި ބަޔަކަށް ހެދުމަށް ޓްރެއިންކުރުން. - ފުލުހުންގެ އެކިއެކި ޓްރެއިނިންގ ކޯރސް ތަކުގައި ކިޔަވައިދޭ މެޑިކަލް މުޤައްރަރު އެކުލަވާލާ ޒަމާނާ އެއްގޮތަށް ބައްޓަން ކުރުން. - ފުލުހުންގެ ހެލްްތު އެންޑް ވެލްބީންގ ޑިޕާރޓްމަންޓްގެ މުވައްޒަފުންނަށް ބޭނުންވާ ޕްރޮގްރާމްތައްހިންގާ ތަމްރީން ކުރުމާއި ސިއްޙީ ކަންކަމުގެ އެވެއަރނަސް ޕްރޮގްރާމް ހިންގުން. - ފުލުހުންގެ ދުޅަހެޔޮކަމާއި ބެހޭ އެކިއެކި ދިރާސާ ކޮށް ފުލުހުންގެ ޚިދުމަތުގެ އެކްޒަކެޓިވުންނަށް ލަފާ ދިނުން. - ވޯކްފޯސް ހެލްތު އެންޑް ވެލްބީންގ އަށް ހުށައެޅޭ މެޑިކަލާއި ގުޅުންހުރި ކަންކަމުގައި ލަފާދިނުމާއި ދުވަހުން ދުވަހަށް ނިންމަންޖެހޭ މަސައްކަތްތަށް ނިމުމަށް ކުރަންޖެހޭ މަސައްކަތް ކުރުން. - މީގެ އިތުރުން ފުލުހުންނަށް ދެވޭ ބޭސްފަރުވާގެ ޚިދުމަތް ރަނގަޅު ކުރުމަށް ކުރެވެންހުރިމަސައްކަތްތަށް ކުރުން. އިތުރު މަޢުލޫމާތު: - މި މަޤާމަށް އެދި ފޯމް ހުށަހަޅާ ފަރާތަކީ ދިވެހި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ ފަރާތެއް ކަމުގައި ނުވުން. - މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ މެޑިކަލް އެގްޒަމިނޭޝަން, ޕޮލިގްރަފީ ޓެސްޓް، ކުރެވޭ އިންޓަވިއު އަދި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވުން. ޢާންމުކޮށް މަސައްކަތްކުރަންޖެހޭ ތަން: މާލެ ޢާންމުކޮށް މަސައްކަތްކުރަންޖެހޭ ގަޑި: ރަސްމީ ޑިއުޓީ / ދަންފަޅި ޑިއުޓީ ހުށަހަޅަންޖެހޭ ލިޔުންތައް: - ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯރޑް ބަލާ ފޯމް، - ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ، - ތައުލީމީ ސަނަދު ނުވަތަ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)، - ލިބިފައިވާ ހުނަރުވެރިކަމުގެ ސެޓްފިކެޓްތަކުގެ ކޮޕީ، - ނެގިފަހުން 03 މަސް ވެފައިނުވާ އެފަރާތެއްގެ ޕާސްޕޯރޓް ސައިޒުގެ ފޮޓޯ (01 ފޮޓޯ ފޯމުގައި ތަތްކޮށްފައި)، - ދިވެހި ސިވިލް ސަރވިސް ނުވަތަ އެހެންވެސް ވަޒީފާއެއްގައި ދެމިހުރިމީހެއްނަމަ، ވަޒީފާ އަދާކުރަމުންދާ އޮފީހުގެ އިޢުތިރާޒެއް ނެތް ކަމުގެ ލިޔުން، - ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުން ވަޒީފާ އަދާކުރިކަމުގެ ލިޔުން. ސުންގަޑި: މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ކުށުގެ ރެކޯޑް ބަލާ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 2025 ޖުލައި 03 ވަނަ ދުވަހުގެ 16:00 ގެ ޝަހީދު ހުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަނަށް ހުށަހެޅުން އެދެމެވެ. މި މަޤާމަށް އެދި ހުށަހަޅާ ފޯމްތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 14:00 އިން 16:00 އަށެވެ. ނޯޓް: ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ދިވެހި ފުލުހުންގެ ޚިދުމަތުގެ ވެބްސައިޓް (www.police.gov.mv) އިން ލިބެން ހުންނާނެއެވެ. އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެެވެ. އަދި އެކަށީގެންވާ އަދަދަށް ފޯމް ލިބިފައިނުވާނަމަ ވަޒީފާއަށް އެދި ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަޤާމަށް އެކަށީގެންވާ ފަރާތެއް ހޮވޭނެ ވާހަކަދަންނަވަމެވެ. 21 ޛުލްޙިއްޖާ 1446 |