ދިވެހިރާއްޖެ
ނަންބަރު:258/258/2025/39(IUL)
އިޢުލާން
ހަނިމާދޫ ކައުންސިލްގެ ވޮލީ މުބާރާތް 2025 ހިންގައިދޭނެ ފަރާތެއް ހޯދުން.
މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ހަނިމާދޫ ކައުންސިލްގެ ވޮލީ މުބާރާތް 2025 ހިންގައިދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު 258/258/2025/34(IUL) (08 މެއި 2025) އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައިވާ އޮންލައިން ލިންކް މެދުވެރިކޮށް ރަޖިސްޓްރީވުން އެދެމެވެ.
ލިންކް: https://forms.office.com/r/A1TZ7YdN7F
ތަފްސީލު |
ތާރީޙް |
ގަޑި |
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުން |
17 ޖޫން 2025 އިން ފެށިގެން 25 ޖޫން 2025 ގެ ނިޔަލަށް |
25 ޖޫން 2025 ވާ (ބުދަ) ދުވަހުގެ 13:00 ގެ ކުރިން އޮންލައިންކޮށް. |
އަންދާސީ ހިސާބު ހުށައެޅުން އަދި ހުޅުވުން |
02 ޖުލައި 2025 (ބުދަ) |
ހެނދުނު 10:30 / ހދ ހަނިމާދޫ ކައުންސިލް މީޓިންރޫމް |
- ބީލަމުގައި ރަޖިސްޓްރީވެ ވަޑައިގަތުމުން ބީލަމާއިގުޅޭ މަޢުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ.
- ބީލަމުގައި ބައިވެރިވުން: ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
- މި ބީލަން ހުޅުވާލެވިފައިމިވަނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި، ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ކުލަބު ޖަމްޢިއްޔަތަކަށް ކަމުގައި ދެންނެވީމެވެ.
- އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ފޯން: 4002064
އީމެއިލް: [email protected]
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
21 ޛުލްޙިއްޖަ 1446ޙ
17 ޖޫން 2025މ