ޝަރަފުއްދީން ސްކޫލް
ދިވެހިރާއްޖެ
ސްކޫލްގެ ދިޔަދޮވި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

މިސްކޫލުގެ އިމާރާތްތަކުގެ ފުރާޅު ދިޔަދޮވިއިން ހަލާކުވެފައިވާ ދިޔަދޮވި މަރާމާތުކޮށްދޭނެ  ފަރާތެއް  ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތްކޮށް ދެއްވުމަށް ޝަވްގުވެރިވާ ފަރާތްތަކަށް ބީލަމަށް ފުރުސަތު ހުޅުވާލަމެވެ.

މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 18 ޖޫން 2025 އިން ފެށިގެން 23 ޖޫން 2025ވާ ހޯމަ ދުވަހު 14:00ގެ ކުރީން ތިރީގައިވާ އީމެއިލް އެޑްރެހަށް މެއިލް ކުރެއްވުމުން ރަޖިސްޓްރީ ކުރެވޭނެއެވެ. އަދި ސްކޫލަށް  ވަޑައިގެންވެސް ރަޖިސްޓަރީ ކުރެވޭނެއެވެ.

ތަންބަލަން ބޭނުންފުޅުވާ ފަރާތްތަކުން 24 ޖޫން 2025ވާ އަންގާރަ ދުވަހު 10:30 ގައި ޝަރަފުއްދީން ސްކޫލަށް ދުރުވުމުން ބެލޭނެ އިންތިޒާމު ހަމަޖެހިފައިވާނެއެވެ.

މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 25 ޖޫން 2025ވާ ބުދަ ދުވަހުގެ 12:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

ރަޖިސްޓްރީ ކުރުމަށް ތިރީގައި މިވާ މަޢުލޫމާތުތައް ހިމަނަންވާނެއެވެ.

1- މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން.

2- ރަޖިސްޓްރީ ނަންބަރު.

3- އީމެއިލް އެޑްރެސް.

4- ގުޅޭނެ މޯބައިލް ނަންބަރު.

ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 30 ޖޫން 2025ވާ ހޯމަ ދުވަހުގެ ހެނދުނު 11:00ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.

 

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޝަރަފުއްދީން ސްކޫލް

ހިތަދޫ، އައްޑޫ

ފޯން: 7030-688

އީ-މެއިލް: [email protected]

17 ޖޫން 2025
ހޯދާ