ދިވެހިރާއްޖެ
އިޢުލާން
ބޭސްފިހާރަ ހިންގުމަށް ބިން ކުއްޔަށް ދޫކުރުން
ބޭސްފިހާރަ ހިންގުމަށް ބިން ކުއްޔަށް ދޫކުރުމަށް ކުރެވުނު މިއިދާރާގެ ނަންބަރު:(IUL)404-SED/404/2025/23(30 އޭޕްރިލް 2025) އިޢުލާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ،އަލުން އެފުރުޞަތު ހުޅުވާލަމެވެ. ވީމާ، ތިރީގައިވާ މަޢުލޫމާތާއި އެއްގޮތަށް ރަޖިސްޓްރީ ކުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ބީލަމުގައި ރަޖިސްޓްރީވުން އަދި ބީލަން ކަރުދާސް ވިއްކުން |
17 ޖޫން 2025 އިން 24 ޖޫން 2025 އަށް (ރަސްމީ ގަޑިތަކުގަ) |
ބީލަމުގައި ރަޖިސްޓްރީ ވުމަށް، އެދޭ ފަރާތުގެ އައިޑީކާޑު ކޮޕީ، ވިޔަފާރީގެ ރަޖިސްޓްރީ ކޮޕީ، އީމެއިލް އަދި ގުޅޭނެ ފޯންނަނބަރު ބޭނުންވާނެއެވެ. |
|
ބީލަން ފޮތް ވިއްކާ އަގު: -/1000 ( އެއްހާސް ރުފިޔާ) |
|
އެކައުންޓް ނަންބަރ:7707700337001 (1455 Revenue 1) ވައިބަރ ނަންބަރ:9323393 (ނޯޓް: ފައިސާ ޖަމާކުރާއިރު ރިފަރެންސްގައި " ބީލަމުގައި ރަޖިސްޓްރީ ވުމަށް" ލިޔުއްވުން އެދެމެވެ) |
|
ބީލަން ހުށަހެޅުން |
2025 ޖޫން 25 ވަނަ ދުވަހުގެ 13:00 ގައި ލ.ހިތަދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައި |
މިކަމަށް އެދި ބީލަން ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ބީލަމުގައި ރަޖިސްޓްރީވެފަ ނުވާފަރާތްތަކުން ހުށަހަޅާ ބިޑްތައް ބަލައިނުގަނެވޭނެއެވެ. ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ބަދަލުގައި އެހެންފަރާތަކުން ބައިވެރިވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަންވެރިންގެ އެއްހާޒިރުގައެވެ. ބީލަމާގުޅޭ އިތުރު މަޢުލޫމާތު ބީލަންފޮތުގައި ހިމެނިފައިވާނެއެވެ.
އިތުރު މަޢުލޫމާތު: 6800803 /[email protected]
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.