މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
އެސިސްޓެންޓް ކަސްޓަމްސް އޮފިސަރުންގެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ އެޕްލިކޭޝަން ސްޓެޓަސް އަދި ފިޒިކަލް ފިޓްނެސް ޓެސްޓުގެ ނަތީޖާއާއި، އިންޓަވިއުގެ މައުލޫމާތާބެހޭ

   މި އޮފީހުގެ ނަންބަރު: (IUL)14-E1/1/2025/35 (19 މޭ 2025) އަދި (IUL)14-E1/1/2025/42 (28 މޭ 2025) އިޢުލާނާއި ހަވާލާދީ ދަންނަވަމެވެ.

ހަވާލާދީފައިވާ އިޢުލާނުގައި ދެންނެވިފައިވާ އެސިސްޓެންޓް ކަސްޓަމްސް އޮފިސަރުންގެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ އެޕްލިކޭޝަން ސްޓެޓަސް މި އޮފީހުގެ ވެބްސައިޓު (www.customs.gov.mv) ގެ ހޯމް ޕޭޖްގެ "ރެކްރޫޓްމަންޓް ސްޓެޓަސް" އިން ބެލެން ހުންނާނެ ވާހަކަ ދެންނެވީމެވެ.

   އަދި  އެސިސްޓެންޓް ކަސްޓަމްސް އޮފިސަރުންގެ މަޤާމަށް ޝަރުތު ހަމަވި ފަރާތްތަކުގެ ތެރެއިން ފިޒިކަލް ފިޓްނަސް ޓެސްޓުގައި ބައިވެރިވި ފަރާތްތަކުގެ ނަތީޖާއާއި، އިންޓަވިއުއަށް ޝޯޓްލިސްޓްވި ފަރާތްތަކުގެ ސްޓެޓަސް ވެސް މި އޮފީހުގެ ވެބްސައިޓުން ބެލެން ހުންނާނެ ކަމުގައި ދަންނަވަމެވެ.

އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ، 18 ޖޫން 2025 އިން 22 ޖޫން 2025 އާއި ދެމެދު ކަސްޓަމްސް ހެޑް އޮފީހުގައެވެ. އިންޓަވިއުއަށް ޝޯޓްލިސްޓް ކުރެވިފައިވާ ފަރާތްތަކަށް އިންޓަވިއު ބާއްވާނެ ތާރީޚާއި ގަޑި އެފަރާތްތަކަށް އަންގަމުންދާނެ ކަމުގައި ދަންނަވަމެވެ.

   މި އިޢުލާނާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3003499 ނުވަތަ 3322001 އަށެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ. އީމެއިލް ކުރައްވާއިރު ވަޒީފާއަށް ކުރިމަތިލީ ފަރާތުގެ ފުރިހަމަ ނަމާއި އައިޑީ ކާޑް ނަންބަރާއި ގުޅޭނެ ފޯނު ނަންބަރު އަދި ކުރިމަތިލީ މަޤާމު އެނގޭނެހެން އީމެއިލްކުރެއްވުން އެދެމެވެ.

17 ޖޫން 2025
ހޯދާ