ދިވެހިރާއްޖެ
ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ކަސްޓަމަރ ރިލޭޝަން އޮފިސަރ
އިޢުލާނު |
|
މަޤާމު: |
ކަސްޓަމަރ ރިލޭޝަން އޮފިސަރ |
މަޤާމުގެ ނަންބަރު: |
J-312732 |
އޮފީސް ޔުނިޓް/ ސެކްޝަން: |
ޕަބްލިކް ރިލޭޝަން ޔުނިޓް |
ބޭނުންވާ އަދަދު: |
01 (އެކެއް) |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ރޭންކު: |
އެމް. އެސް. 2 |
މަޤާމުގެ ކްލެސިފިކޭޝަން: |
ސީނިއަރ އޮފިސަރ ގްރޭޑް 2 |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް |
މުސާރަ: |
6295.00 |
ސަރވިސް އެލަވަންސް: |
2000.00 |
އެހެނިހެން އެލަވަންސް: |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1- ޕަބްލިކް ރިލޭޝަންގެ އެންމެހާ މަސައްކަތްތައް ކަޑައެޅިފައިވާ އުޞޫލާއި އެއްގޮތްވާ ގޮތުގެ މަތިން އިސްކޮށް ކުރުމާއި ދުވަހުން ދުވަހަށް މަސައްކަތް ނިންމުން 2- އެކިއެކި ބޭނުން ތަކަށް ހޮސްޕިޓަލަށް ޒިޔާރަތް ކުރާމީހުންނާއި ރިވެތިބަހުން ހިތްހެޔޮކަމާއިއެކު ވާހަކަ ދައްކާ ބޭނުންވާ ޚިދުމަތެއް ފަހިކޮށް ދިނުމަށް މަސައްކަތް ކުރުން. އަދި އޯ.ޕީ.ޑ ކަންކަން ގާތުން ވާނުވާ ބަލަމުން ގެންދިއުމާއީ ހިދުމަތް ދިނުމުގައި ދިމާވާ އެންމެހާ ކަންކަން ވަގުތުން ހައްލުކުރުމަށް މަސައްކަތް ކުރުން 3- ބަލިމީހުންގެ ސިއްރުތައް ހިފެހެއްޓުމާއި، އެހެން މުވައްޒަފުން އެކަމަށް އަހުލުވެރި ކުރުވުމަށް މަސައްކަތް ކުރުން. 4- ހޮސްޕިޓަލްގެ އޯ.ޕީ.ޑީގެ އިންވެންޓްރީ ޗެކްކުރުވުން. އަދި ދުވަހުން ދުވަހަށް ހިދުމަތް ދިނުމަށް ބޭނުންވާ އެންމެހާ ތަކެތި އިންވެންޓްރީގައި ސްޓޮކްކުރުމުގެ އިންތިޒާމު ގާތުން އިސްކޮށް ބެލެހެއްޓުން. 5- ކަސްޓަމަރ ރިލޭޝަން އޮފިސަރުން، ރިސެޕްޝަނިސްޓުން، ކްލިނިކަލް އެސިސްޓެންޓެން، ޑެންޓަލް އެސިސްޓަންޓުން އަދި އެކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެހީތެރިވެ މަސައްކަތް ތަކުގައި ފަހިކޮށްދީ ފަސޭހަކޮށްދިނުން. 6- ހޮސްޕިޓަލްގެ ޕަބްލިކް ރިލޭޝަން އޭރިއާއަކީ ޒިޔާރާތް ކުރައްވާ ފަރާތްތަކަށް މައުލޫމާތު ލިބެނިވި، ފެހި، ހިތްފަސޭހަ އަދި ސާފުތާހިރު ތަނެއްގޮތުގައި ހެދުމަށްޓަކައި ޒަމާނީ ޓެކްނޮލޮޖީއާއެކު އެކިއެކި ސިއްޙީ މައުލޫމާތު ފެންނާނޭހެން ބެހެއްޓުމާއި އެކިއެކި އިންޑޯ ގަސް ބަހައްޓާ ބެލެހެއްޓުމުގެ އެންމެހާ އިންތިޒާމުތަށް އިސްކޮށް ކުރުން. 7- ހޮސްޕިޓަލްގެ ޢާއްމު އުޞޫލުތަކާއި ޤަވާޢިދުތަކަށް މުވައްޒަފުންނާއި، ޒިޔާރާތް ކުރައްވާ ފަރާތްތައް އިޚްތިރާމް ކުރުމަށް ބާރުއަޅާ އިސްކޮށް މަސައްކަތް ކުރުން. 8- ބަލިމީހުންގެ ސިއްރުތައް ހިފެހެއްޓުން. އަދި ދަށުގައިވާ މުވައްޒަފުން އެކަމަށް އަހުލުވެރިކޮށް ފާރަވެރިވުން. 9- ހޮސްޕިޓަލުގައި ޑިޕާޓްމަންޓްތަކުގެ އިސްވެރިންނަށް ބޭއްވޭ ބައްދަލުވުންތަކަށް ޚާޒިރުވެ ހޮސްޕިޓަލުން ދެވޭ ޚިދުމަތުގެ ފެންވަރު ރަގަޅުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް އަމިއްލަޔަށް އިސްނަގައިކުރުން. 10- ޞިއްޙީ އެމަޖެންސީތަކާއި، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވުން. 11- ޕަބްރިލޭޝަންގައި މަސައްކަތް ކުރާ މުވައްޒަފުންގެ ޑިއުޓީ ރޯސްޓަރ ހަދައި އެޗް އާރް ސިސްޓަމަށް އަޕްޑޭޓްކުރުން. އަދި އެކިއެކި ޑިއުޓީ ތަކަށް އަންނަ ބަދަލުތައް ޤަވާއިދުން ސިސްޓަމަށް އަބްޑޭޓްކުރުން. 12- މެޑިކޯ ލީގަލް ކޭސް ރެކޯރޑާއި މެޑިކަލް ރިޕޯރޓް ބެލެހެއްޓުމުގައި މެޑިކަލް ރެކޯރޑްސް ސެކްޝަންގެ މުވައްޒަފުންނަށް އެހީތެރިވެދީ އެއްބާރުލުން ދިނުމާއި، އޯ.ޕީ.ޑީ ގައި ބެހެއްޓޭ ރެކޯރޑްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން. 13- އާސަންދާ އިންޝުއަރެންސް ސްކީމްގެ ކަންތައްތައް ބެލެހެއްޓުމާއި އެ ސްކީމުގެ ދަށުން ރިފަރކުރާ އިމަރޖެންސީ ބަލިމީހުންގެ އެންމެހާ ކަންތައްތައް ''އާސަންދަ'' އާއި ގުޅައިގެން ކުރިއަށް ގެންދިއުން. އަދި އިވެކުއެޝަން ބިލްތަށް ލަސްނޮކޮށް އާސަންދައަށް ފޮނުވުން. 14- ހޮސްޕިޓަލުން ރިފަރ ކުރެވޭ ބަލިމީހުން ފުރުވުމާއި، ބަލިމީހާ ރިފާކުރެވޭ ހޮސްޕިޓަލަށް ބަލިމީހާއާބެހޭ މަޢުލޫމާތު ދިނުމާއި ޞިއްޙީ ޚިދުމަތްދޭ އެހެނިހެން މަރުކަޒުތަކުން ގެނެވޭ ބަލިމީހުންނަށް ބޭނުންވާ ޚިދުމަތް ފޯރުކޮށްދިނުމުގައި ފުރިހަމަ އެއްބާރުލުންދީ އެހީތެރިވެދިނުން 15- އޯޕީޑީ ކައުންޓަރަށް، އިންފޮމޭޝަން ކައުންޓަރަށް އަދި ކޮންސަލްޓޭޝަން ރޫމްތަކަށް ބޭނުންވާ ހުރިހާ ތަކެތި ޚިދުމަތަށް ދަތިނުވާނެހެން ހުރިތޯބަލައި ޗެކްކުރުން. 16- އޯޕީޑީގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އޮންކޯލް ޑީއުޓީތަކަށް އަންނަށްޖެހޭ މުވައްޒަފުންނަށް އަންގައި އޮންކޯލަށް މީހުން ހަމަޖެއްސުން. 17- އަތޮޅުގެ އެހެން ސިއްޙީ މަރުކަޒުތަކާއި ވާހަކަ ދައްކައި ހޮސްޕިޓަލްގެ އޯ.ފީ.ޑީ ގައި ހުރި ދަތިތައް ޤަވާއިދުން ދެނެގަނެ އެކަންކަމަށް ހައްލުހޯދުން. 18- ޒިޔާރާތް ކުރައްވާ ފަރާތްތަކަށް ފަސޭހައިން ފީޑްބެކް ދެވޭނެ ނިޒާމެއްޤާއިމްކޮށް ދެވޭ ޙިދުމަތްތައް ރަނގަޅުކުރުމުގައި އެ ޑާޓާތަށް މެނޭޖްމަންޓާއި ހިއްސާކޮށް ހިދުމަތުގެ ފެންވަރު ރަންގަޅުކުރުމަށް އިސްކޮށް މަސައްކަތް ކުރުން. 19- އޯ.ފީ.ޑީ ގައި މަސައްކަތް ކުރައްވާ މުވައްޒަފުންގެ މަސައްކަތް ސްޕަރވައިޒްކުރައްވާ މުވައްޒަފުންގެ ޓާގެޓް ކަނޑައަޅައި، މަސައްކަތުގެ އެޕްރައިސަލް ގެ މަސައްކަތް ހަމަޖެހިފައިވާ އުސޫލުން ކުރިޔަށް ގެންދިއުން. 20- އޯ.ފީ.ޑީ ގައި މަސައްކަތް ކުރައްވާ މުވައްޒަފުން ސިވިލް ސާރވިސްގެ ޤަވާއިދަށް އަހުލުވެރިކޮށް، ޤަވާއިދުތަކާއި އުސޫލުތަކަށް މުވައްޒަފުން ތާޒާ ކުރުމުގެ ޕްރޮގްރާމުތައް ރާވާހިންގުމާއި، ޤަވާއިދުތަކާއި އުސޫލުތަކަށް ޙިލާފުވާ މުވައްޒަފުންނަށް އިސްލާހީ ފިޔަވަޅު އެޅުމުގެ މަސައްކަތް އެޗް.އާރާއި ގުޅިގެންކުރުން. |
މަޤާމުގެ ޝަރުޠުތައް: |
1- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ ލެވެލް 6 ގެ / އެޑްވާންސްޑް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 2-މަޤާމުގެ މަސައްކަތާ ގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުން. |
މަޤާމުގެ ތަޢުލީމީ ރޮނގުތައް:
މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން:
މަޤާމުގެ ކޯ ޑިސިޕްލިން:
|
|
މަޤާމުގެ މަސައްކަތުގެ ދާއިރާތައް:
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް". |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ. |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 ޖޫން 2025 ވަނަ ދުވަހުގެ 10:00 ގެ ކުރިން، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އިދާރީ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. ނޯޓް: އެޕްލިކޭޝަން އާއިއެކު ހުށަހަޅާ ހުރިހާ ޑޮކިއުމަންޓެއް އެއްފައިލް އަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު މެއިލް ކުރައްވާއިރު މެއިލްގެ ސަބްޖެކްޓްގެ ގޮތުގައި މަޤާމުގެ ނަން ޖެއްސެވުން އެދެމެވެ. |
ޝޯޓްލިސްޓުކުރުން: |
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. |
އިންޓަރވިއު އާއި އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު އޮންނާނީ، 26 ޖޫން 2025 އާއި 10 ޖުލައި 2025 އާއި ދެމެދު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އިދާރީ އޮފީހުގައެވެ. |
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6583706އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ. |