ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސީނިއަރ ކޮމްޕިއުޓަރ ޓެކްނީޝަން

އިޢުލާނު

 

މަޤާމު:

ސީނިއަރ ކޮމްޕިއުޓަރ ޓެކްނީޝަން

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް

މަޤާމުގެ ރޭންކު:

އެމް.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ

މުސާރަ:

7035.00 (ހަތް ހާސް ތިރީސް ފަސް ރުފިޔާ)

ސަރވިސް އެލަވަންސް:

2000.00 ( ދެހާސް ރުފިޔާ )

އެހެނިހެން އެލަވަންސް:

1-      ސަޕޯޓިންގ ކޯ އެލަވަންސް ގެ ގޮތުގައި މަހަކު -/900 ރުފިޔާ

2-      ސްޕެޝިއަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35

3-      ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ޕެންޝަން ކޮންޓްރިބިއުޝަން

4-      ސިވިލް ސާރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

5-      ނުކުންނަ ކޮންމެ ދުވަހަކަށް ހާޒިރީ އެލަވަންސް ދުވާލަކަށް -/150 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-       ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.

2-       ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.

3-       އައި.ސީ.ޓީއާ ގުޅޭގޮތުން ތައްޔާރު ކުރަންޖެހޭ އައި.ސީ.ޓީ ޕްލޭނުގެ މަސައްކަތް ހިންގައި ބެލެހެއްޓުމާއި އިދާރާގެ ސެކްޝަންތަކާއި ޔުނިޓުތަކަށް ބޭނުންވެގެން އައި.ސީ.ޓީއާ ގުޅޭ ގޮތުން ހޯދަންޖެހޭ ހޯދުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން

 

4-       އައި.ސީ.ޓީ ޔުނިޓްގެ އެޑްމިނިސްޓްރޭޓިވް މަސައްކަތްތައް ހިންގައި ބެލެހެއްޓުން

5-       އައި.ސީ.ޓީ ޔުނިޓްއިން ކުރާ މަސައްކަތްތަކުގައި ފަންނީގޮތުން ބަލަންޖެހޭ އެންމެހައި ކަންތައްތައް ބަލައި އެކަންތައްތައް މަގުފަހިކޮށްދިނުން.

6-       އައި.ސީ.ޓީ ޔުނިޓްގެ މުވައްޒަފުންނަށް މަސައްކަތް ޙަވާލުކުރުމާއި މަސައްކަތްތައް ކަނޑައެޅިފައިވާ މުއްދަތުގައި ނިންމާތޯ ބަލައި، ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން

7-       އައި.ސީ.ޓީ ޔުނިޓުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަންތައްތައް ރޭވުމާއި، ރާވާގޮތުގެ މަތިން ކަންތައްތައް ހިނގާތޯ ބެލުމާއި، އެކަންކަން ބެލެހެއްޓުމުގައި ޒިންމާވެ މަސައްކަތް ކުރުން

8-       މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބަލާ ފޯމް ފުރިހަމަކުރުން

9-       ޔުނިޓުގެ މުވައްޒަފުން މަސައްކަތް ކުރާ ގޮތް ބަލައި އިޞްލާޙުކުރަންޖެހޭ އެންމެހައި ކަންތައްތައް އިޞްލާޙުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.   

10-   އައި.ސީ.ޓީ ޔުނިޓްގެ އެޑްމިނިސްޓްރޭޓިވް މަސައްކަތްތައް ހިންގައި ބެލެހެއްޓުން

11-   ކައުންސިލްގެ ކަންކަން ފުރިހަމައަށް ގެންދިއުމަށް ބޭނުންވާ ސޮފްޓްވެއަރތަކާއި ހާޑްވެއަރތައް ރިސާޗް ކުރުމާއި އެދާއިރާގެ މަޢުލޫމާތު ހޯދައި ލަފާއެރުވުން.

12-   ނެޓްވާރކް ބެލެހެއްޓުމާއި ދިމާވާ މައްސަލަތައް ހައްލުކުރުން.

13-   ކައުންސިލްގެ އެންމެހައި އައިޓީ މަސައްކަތްތަކާއި، އެއާ ގުޅުންހުރި މަސައްކަތްތައް ކުރުން.

14-   އޮފީހުގެ ސަރވަރ ސިސްޓަމާއި ޓެލެފޯން ނެޓްވޯކް އަދި ވެބްސައިޓް ބެލެހެއްޓުން

15-   އޮފީހުގެ އެތެރޭގައި ބޭނުންކުރާ އިންޓްރާ ނެޓްވޯކް ޤާއިމްކޮށް ބެލެހެއްޓުން

16-   އީ-ގަވަރމަންޓް އާއި އެހެނިހެން އައި.ޓީ އާއި ގުޅުން ހުރި ތަމްރީންތައް މުވައްޒަފުންނަށް ދިނުން

17-   މުވާޞަލާތީ ޚިދުމަތަށް ބޭނުންވާ ކަންކަމަށް މަގުފަހި ކޮށްދިނުން

18-   ކައުންސިލްގެ ވެބްސައިޓް ޑިވޮލޮޕްކުރުމުގެ މަސައްކަތް ކުރުމާއި އަޕްޑޭޓްކޮށް ބެލެހެއްޓުން.

19-   ޓެކްނޮލޮޖީގެ ދާއިރާގައި ކައުންސިލްގެ މުވައްޒަފުންނަށް ތަމްރީނުދޭން ޖެހިއްޖެ ހިނދެއްގައި އެކަން ރާވާ އިންތިޒާމް ކުރުން.

20-   ކައުންސިލުން ހިންގާ އެކިއެކި ޙަރަކާތްތަކުގައިއާއި، ބާއްވާ ބައްދަލުވުންތަކުގެ މަލްޓިމީޑިޔާއާއި، ސައުންޑާއި، ރެކޯރޑިންގ ކަންތައް ރާވާ އިންތިޒާމްކުރުން.

21-   ޓެކްނޮލޮޖީގެ ދާއިރާގައި ކައުންސިލްގެ މުވައްޒަފުންނަށް ތަމްރީނުދޭން ޖެހިއްޖެ ހިނދެއްގައި އެކަން ރާވާ އިންތިޒާމް ކުރުން.

22-   ކައުންސިލްގެ އެކްސްޓީރިއާ ނެޓްވޯކް، އިންޓްރާރ ނެޓް ފެސިލިޓީޒް ރަނގަޅަށް މަސައްކަތްކުރާކަން ޔަޤީންކުރުން.

23-   އީ-ސްޓޯރޭޖް ގާއިމްކޮށް ކައުންސިލްގެ ޑާޓާބޭސް ޑިވެލޮޕްކޮށް ބެލެހެއްޓުން

24-   ކައުންސިލަށް ބޭނުންވާ ސޮފްޓްވެއަރ އެޕްލިކޭޝަން ޑިވެލޮޕްކުރުމާއި އިންހައުސްކޮށް ނުކުރެވޭ މިފަދަ މަސައްކަތް އައުޓްސޯސްކޮށްގެން ކުރުވުން

25-   ސާރވާރ ބެލެހެއްޓުމާއި ދިމާވާ މައްސަލަތައް ހައްލު ކުރުމާއި އަދި ސަރވާރގެ ބެކްއަޕްނެގުން.

26-   ކައުންސިލްގެ އިދާރާއިން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތައްތަކުގައި ބައިވެރިވުމާއި އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުމާއި މުވައްޒަފަކު ޗުއްޓީ ނެގުމުން އެމުވައްޒަފުގެ މަސައްކަތުގެ ތެރެއިން ސުޕަރަވައިޒަރު ޙަވާލުކުރާ މަސައްކަތްތައް ކުރުމާއި ކައުންސިލްގެ އިދާރާ އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އަހަރީ މަސައްކަތު ތާވަލުގައިވާ ޕްރޮގްރާމްތައް ކާމިޔާބު ކުރުމަށްޓަކައި ހިންގަން ހަމަޖައްސާ ޙަރަކާތްތައް ހިންގުމާއި ކޮމެޓީން ފާސްކުރާ ނިންމުންތައް ތަންފީޛުކުރުމަށް މަސައްކަތްކުރުން.

މަޤާމުގެ ޝަރުޠުތައް:

1-     މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން. ނުވަތަ،

2- މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން. ނުވަތަ،

3-       މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

 

މަޤާމާއި ގުޅޭ ވަޒީފާގެ ދާއިރާތައް ( ކެރިއަރ ފީލްޑްސް )

 

  • އިންފޯމޭޝަން ޓެކްނޮލޮޖީ

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސާވިސް ވަޒީފާއަށް އެދޭ ފޯމު (ސިވިލްސާރވިސް ސައިޓުން އަދި ތިނަދޫ ސިޓީ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • އަސާސީ ޝަރުތު ހަމަވުން (30%)
  • އަސާސީ ޝަރުތަށް ވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް (5%)
  • މަޤާމަށް ކަނޑައަޅާފައިވާ ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދެއް ނަމަ ދެވޭ ޕޮއިންޓު (5%)
  • އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ (5%)
  • އިމްތިހާން (15%)
  • ޕްރެޒެންޓޭޝަން (10%)
  • އިންޓަވިއު (30%)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 24 ޖޫން 2025 ގެ 13:30 ގެ ކުރިން، ތިނަދޫ ސިޓީ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ 10 ފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އެސެސްމަންޓް،އިމްތިޙާން ނުވަތަ ޕްރެޒެންޓޭޝަން ) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،30 ޖޫން 2025 އާއި 10 ޖުލައި 2025 އާއި ދެމެދު، ތިނަދޫ ސިޓީ ކައުންސިލް އިދާރާގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސް ބޯޑުގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6841718 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

 

16 ޖޫން 2025
ހޯދާ