ދިވެހިރާއްޖެ
ފެނާއި ނަރުދަމާގެ މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ސުޕަރވައިސް ކުރުމަށް ފަންނީ އެހީތެރިކަން ހޯދުން
ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު: ނެޝަނަލް ކޮންސަލްޓަންޓް
ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ) އިން ކުރިއަށްގެންދާ، ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި އެންޑް ސްވަރޭޖް ފެސިލިޓީސް އިން ދަ އައިލެންޑްސް މަޝްރޫޢުތަކުގެ އަމަލީ މަސައްކަތްތައް މޮނިޓަރކޮށް ސުޕަރވައިޒް ކުރާނެ ނެޝަނަލް ކޮންސަލްޓަންޓްއެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތަށް މި މިނިސްޓްރީއިން 10 އޮގަސްޓް 2015 ގައި ކޮށްފައިވާ ނަންބަރު IUL)438-PDU/1/2015/97) ޢިއުލާނާ ގުޅިގެން އެކަށީގެންވާ ވަރަށް ޝައުޤުވެރިކަން ފާޅުކޮށްފައިނުވުމުން އެ ބިޑްތައް ބާޠިލުކޮށް އަލުން އިޢުލާނުކުރަމެވެ.
ނެޝަނަލް ކޮންސަލްޓަންޓްގެ މައިގަޑު މަސްއޫލިއްޔަތުގެ ތެރޭގައި މަޝްރުޢޫތަކުގެ ޢަމަލީ މަސައްކަތްތައް ސުޕަވައިޒްކުރުން ހިމެނެއެވެ.
ނެޝަނަލް ކޮންސަލްޓަންޓްގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުޠުތަކުގެ ތެރޭގައި:
ހ) މަސައްކަތާ ގުޅޭދާއިރާއިން ދިވެހިރާންޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދު ހާސިލުކޮށްފައިވުން.
ށ) ފެނާއި ނަރުދަމާގެ ޑިޒައިންގ އަދި ރިހިބިލިޓޭޝަންގެ މަސައްކަތުގައި މަދުވެގެން 05 އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން
ނ) ފެނާއި ނަރުދަމާގެ މަޝްރޫއުތައް މެނޭޖްކުރުމުގެ ތަޖުރިބާ ލިބިފައިވުން
ރ) ދިވެހިރާއްޖެފަދަ ސްމޯލް އައިލެންޑްސް ޑިވެލޮފިންގް ސްޓޭޓްސް ފަދަ ޤައުމުތަކުގައި ފެނާއި ނަރުދަމާގެ ޕްރޮޖެކްޓްތަކުގައި މަސައްކަތްކޮށްފައިވުން.
އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ޤާބިލުކަން ލިބިފައިވުމާއެކު ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މުޢާމަލާތުކުރުމުގެ ހުނަރުލިބިފައިވުމާއި، މައްސަލަތައް ޙައްލުކުރުމުގެ ޤާބިލުކަން ލިބިފައިވުން އަދި ތަފާތު ހުނަރުތައް އެކުލެވޭ ޓީމެއްގައި މަސައްކަތް ކުރުމުގެ ޤާބިލުކަން ލިބިފައިވުން؛
ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކަށް ވުމާއެކު ޕްރޮޖެކްޓްގެ ބޭނުމަށް ރަށްރަށަށް ދަތުރުކުރެވޭނެ މީހަކަށް ވުން.
މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ ނަޒާހަތްތެރި އެހެނިހެން ފަރާތްތަކުގެ ނުފޫޒުން އެއްކިބާވެފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ.
މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން ހުޅުވާލަމެވެ. މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތު ކޮށްދިނުމުގެ ގޮތުން؛ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު، މިފަދަ މަޢުހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ވާނެއެވެ. އަދި މި މަސައްކަތްކުރުމަށް ހުށަހަޅާ ފައިނޭންޝިއަލް ޕްރޮޕޯސަލް ހުށަހަޅަން ވާނެއެވެ. މި ހުށަހަޅާ ޕްރޮޕޯސަލްގެ މުއްދަތު މަދުވެގެން 90 ދުވަހުގެ ވެލިޑިޓީއެއް އޮންނަންވާނެއެވެ.
މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އީމެއިލް ކުރެއްވުން އެދެމެވެ.
"އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގެ ތިރީގައިވާ އެޑްރެހަށެވެ. ބީލަން ހުޅުވުން އޮންނާނީ ޝައުޤުވެރިވާ ފާރަތްތަކުގެ ހާޒިރުގައި 16 ސެޕްޓެންބަރު 2015 ވަނަދުވަހުގެ 14:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގައެވެ.
ޕްރޮކިއުމަންޓް ޔުނިޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ
ފެކްސް: 3018301 960+
އީމެއިލް: [email protected]
"އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުންނަންވާނީ ބަންދު ކުރެވިފައިވާ ސީޓީ އުރައެއްގައެވެ. ބޭރުގައި "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" މި މަސައްކަތުގެ ނަމާއި، ހުށަ ހެޅިފަރާތުގެ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޙާއި ވަގުތު ލިޔެފައި އިންނަންވާނެއެވެ.
