ދިވެހިރާއްޖެ
އިޢުލާން
ހޭޅި ފަށުން ވެލި ނަގާ މައްސަލައާއި ގުޅޭ
ބައެއް ފަރާތްތަކުން މިއަވަށުގެ ދިގިހެރަ ދިމާލު ހޭޅިފަށުން ވެލި ނަގައި އެވެލިން ވިޔަފާރި ކުރަމުންދާތީ މިކަން މިގޮތަށް ނުކުރުމަށް އެ ފަރާތްތަކަށް ވަނީ ތަކުރާރުކޮށް އެންގިފައެވެ. ނަމަވެސް، އަދިވެސް މި ސަރަޙައްދުތަކުން ވެލި ނަގަމުން ދާކަން މިއޮފީހަށް ވަނީ ފާހަގަ ކުރެވިފައެވެ. މިކަމަކީ ޤަވައިދާއި ހިލާފު ކަމެއްގެ އިތުރުން މިކަމުގެ ސަބަބުން ތިމާވެއްޓަށް ނުހަނު ގެއްލުން ލިބެމުންދާ ކަމެކެވެ. އަދި ހަމައެއާއެކު މިކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން މިއޮފީހަށް ދަނީ ލިބެމުންނެވެ.
ވީމާ، ޤާނޫނާއި ޤަވައިދާއި، އުސޫލާއި އެއްގޮތަށް މިފަދަ އަމަލު ކުރާ ފަރާތްތަކުން މިކަން ހުއްޓާލުމަށް އަންގަމެވެ. އަދި، މިކަން ތަކުރާރު ކުރާ ފަރާތްތަކާއި މެދު އަޅަންޖެހޭ ފިޔަވަޅު އެޅޭނެ ކަމުގައި ދެންނެވީމެވެ.
20 ޛުލްޙިއްޖާ 1446
16 ޖޫން 2025