ދިވެހިރާއްޖެ
މަޤާމް :ޓެކްނިކަލް ޑިރެކްޓަރ | |
---|---|
ބޭނުންވާ އަދަދު :1 | |
މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އެގްޒެކެޓިވް ޑިރެކްޓަރ މުސާރަ: - އަސާސީ މުސާރަ: -/15,035. ރުފިޔާ - ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު: -/2،700 ރުފިޔާ އިތުރު ޢިނާޔަތްތައް: - ނޮން-ޕްރެކްޓިސް އެލަވަންސް: -/5,262.25 ރުފިޔާ (އަސާސީ މުސާރައިގެ %35) - އިތުރު ގަޑީގެ ގޮތުގައި މަހަކު: -/9,021 ރުފިޔާ (އަސާސީ މުސާރައިގެ %60) - ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ޕްރޮފެޝަނަލް އެލަވަންސް -/3,007 ރުފިޔާ (އަސާސީ މުސާރައިގެ 20 އިންސައްތަ) - ފުޑް އެލަވަންސް ދުވާލަކަށް -/160 ރުފިޔާ - ބޭސްފަރުވާ ކުރުން ޝަރުތު: - އިންފޮރމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ ލެވެލް 9 ގެ ސަނަދު ހާސިލުކޮށްފައިވުމާއެކު މަސައްކަތުގެ ދާއިރާއިން މަދުވެގެން 08 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. - މީލާދީ ގޮތުން 18 އަހަރު ފުރިފައިވާ ފަރާތެއް ކަމުގައިވުން، - އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ވައްކަން، ޓެކުން، މަކަރާ ޙީލަތް، މަސްތުވާ ތެކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 05 އަހަރުދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ ފަރާތެއް ކަމުގައި ނުވުން، - ވޭތުވެދިޔަ 05 އަހަރު ދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާއެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން. މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު: - ކްލައުޑް އަދި އޮން-ޕްެރެމެސިސް އިންފޮރމޭޝަން އިންފްރާސްޓްރަކްޗަރ ބެލެހެއްޓުން. - ދިވެހި ފުލުހުންގެ ޙިދުމަތާއި ގުޅިފައިވާ އެހެނިހެން މުއައްސަސާތަކާ، އިންޓަރ އޭޖެންސީ ވިއުގަތަކުގައި ބޭނުންކުރުމަށް ބޭނުންވާ އެޕްލިކޭޝަން އިންފްރާސްޓްރަކްޗަރ ބެލެހެެއްޓުން. - މި ޙިދުމަތުގެ އިންޓަރނެޓް އަދި އިންޓްރާނެޓްގެ ޑޭޓާބޭސްތަކުގެ މެއިންޓަނެންސްގެ މަސައްކަތްކުރުމާއި، ކްލައުޑް އިންފްރާންސްޓްރަކްޗަރ އަދި ޑޭޓާބޭސް ސެކިއުރިޓީ ބެލެހެއްޓުން. - ފުލުހުންގެ ބޭނުމަށް ތައްޔާރުކަރާ އެކިއެކި އެޕްލިކޭޝަންސްތައް ޑިވެލޮޕްކުރުމުގެ މަސައްކަތާއި، ޑިޕްލޮއިމަންޓް މަސައްކަތްތައް ބެލެހެއްޓުން. އިތުރު މަޢުލޫމާތު: - މި މަޤާމަށް އެދި ފޯމް ހުށަހަޅާ ފަރާތަކީ ދިވެހި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ ފަރާތެއް ކަމުގައި ނުވުން. - މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ މެޑިކަލް އެގްޒަމިނޭޝަން, ޕޮލިގްރަފީ ޓެސްޓް، ކުރެވޭ އިންޓަވިއު އަދި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވުން. މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް: - މަޤާމުގެ މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. ޢާންމުކޮށް މަސައްކަތްކުރަންޖެހޭ ތަން: މާލެ ޢާންމުކޮށް މަސައްކަތްކުރަންޖެހޭ ގަޑި: ރަސްމީ ޑިއުޓީ / ދަންފަޅި ޑިއުޓީ ހުށަހަޅަންޖެހޭ ލިޔުންތައް: - ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯރޑް ބަލާ ފޯމް، - ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ، - ތައުލީމީ ސަނަދު ނުވަތަ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)، - ލިބިފައިވާ ހުނަރުވެރިކަމުގެ ސެޓްފިކެޓްތަކުގެ ކޮޕީ، - ނެގިފަހުން 03 މަސް ވެފައިނުވާ އެފަރާތެއްގެ ޕާސްޕޯރޓް ސައިޒުގެ ފޮޓޯ (01 ފޮޓޯ ފޯމުގައި ތަތްކޮށްފައި)، - ދިވެހި ސިވިލް ސަރވިސް ނުވަތަ އެހެންވެސް ވަޒީފާއެއްގައި ދެމިހުރިމީހެއްނަމަ، ވަޒީފާ އަދާކުރަމުންދާ އޮފީހުގެ އިޢުތިރާޒެއް ނެތް ކަމުގެ ލިޔުން، - ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުން ވަޒީފާ އަދާކުރިކަމުގެ ލިޔުން. ސުންގަޑި: މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ކުށުގެ ރެކޯޑް ބަލާ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 2025 ޖޫން 22 ވަނަ ދުވަހުގެ 16:00 ގެ ޝަހީދު ހުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަނަށް ހުށަހެޅުން އެދެމެވެ. މި މަޤާމަށް އެދި ހުށަހަޅާ ފޯމްތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 14:00 އިން 16:00 އަށެވެ. ނޯޓް: ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ދިވެހި ފުލުހުންގެ ޚިދުމަތުގެ ވެބްސައިޓް (www.police.gov.mv) އިން ލިބެން ހުންނާނެއެވެ. އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެެވެ. އަދި އެކަށީގެންވާ އަދަދަށް ފޯމް ލިބިފައިނުވާނަމަ ވަޒީފާއަށް އެދި ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަޤާމަށް އެކަށީގެންވާ ފަރާތެއް ހޮވޭނެ ވާހަކަދަންނަވަމެވެ. 20 ޛުލްޙިއްޖާ 1446 |