ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
ޢަރަބި ބަސް ދަސްކޮށްދިނުމުގެ ޚާއްޞަ ޕްރޮގްރާމެއް ބޭއްވުމަށް

އިޢުލާން 

              އެއްވެސް ވަރަކަށް ޢަރަބި ބަސް ނޭނގޭ ފަރާތްތަކަށް އަމާޒުކޮށްގެން "އަހަރެންވެސް ޢަރަބި ކިޔަވާނަން" މި ނަމުގައި ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން، 21 ޖޫން 2025 ވާ ހޮނިހިރު ދުވަހު ހެނދުނު 08:00 ން 12:00 އަށް ޢަރަބި ބަސް ދަސްކޮށްދިނުމުގެ ޚާއްޞަ ޕްރޮގްރާމެއް ބޭއްވުމަށް ހަމަޖެހިފައި ވެއެވެ. މި ޕްރޮގްރާމް އޮންނާނީ ސަލްމާން މިސްކިތުގެ 3 ވަނަ ފަންގިފިލާގައެވެ.

              ވީމާ، މި ޕްރޮގްރާމްގައި ބައިވެރިވާން އެދޭ ޢުމުރުން 18 އަހަރުންމަތީގެ ބޭފުޅުން 19 ޖޫން 2025 ގެ 13:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ގޫގުލް ފޯމު ފުރިހަމަކުރެއްވުން އެދެމެވެ. މި ޕްރޮގްރާމްގައި  ބައިވެރި ކުރުމަށް ހަމަޖެހިފައިވަނީ ފޯމް ހުށަހަޅާ ތަރުތީބުން 30 ބޭފުޅުންނެވެ.

https://forms.gle/ddddDTtDWfoN7QsR7

16 ޖޫން 2025
ހޯދާ