މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.ދޮންފަނުން ފަތުރުވެރިކަމުގެ ބޭނުމަށް 02 ބިން ކުއްޔަށް ދޫކުރުން

    ބ.ދޮންފަނުން  ފަތުރުވެރިކަމުގެ  ބޭނުމަށް ގެސްޓް ހައުސް ހަދައި ހިންގުމަށް 31 އަހަރާއި 06 މަސްދުވަހުގެ މުއްދަތައް 02 (ދޭއް) ބިން ކުއްޔަށް ދޫކުރުމަށް ނިންމައި މިބިންތަކުގައި ގެސްޓްހައުސްގެ ވިޔަފާރިކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ބިމުގެ ނަމްބަރު

ބޮޑުމިން

MH-1

6126.21 އަކަފޫޓް

MH-2

4608.46 އަކަފޫޓް

    މި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށްޓަކައި މިބީލަމާ ގުޅޭ މައުލޫމާތު ހިމެނޭ "ބީލަން ފޮތް" ގަންނަން ވާނެއެވެ. ބީލަން ފޮތެއްގެ އަގަކީ 5000/-ރ (ފަސްހާސް ރުފިޔާ) އެވެ. އަދި ބީލަން ފޮތް ބައްލަވާގެންފައިނުވާ ފަރާތަކަށް މި ބީލަމުގައި ބައިވެރި ނުވެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންފުޅުވާ ފަރާތްތަކުން "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރިހަމަކޮށް ބީލަންފޮތް ބައްލަވައިގަތުމަށް ފައިސާ ދެއްކި ކަމުގެ ސްލިޕާއެކު މި އިދާރާގެ އީމެއިލް: [email protected] އަށް އީމެއިލް ކުރެއްވުމުން ބީލަމަށް ރަޖިސްޓްރީ ކުރެވި ބީލަންފޮތް ފޯރުކޮށް ދެވޭނެއެވެ. އެއްވެސް ސަބަބަކާހުރެ ކައުންސިލުން މިއިޢުލާން ބާޠިލްކޮށްފިނަމަ ބީލަން ފޮތް ބައްލަވައިގަތުމަށް ދެއްކި ފައިސާ އަނބުރާ ރައްދުކޮށްދެވޭނެއެވެ.

 

އިއުލާނާއި ގުޅޭ އެކި މަރުހަލާތައް ދާނެގޮތުގެ ތާވަލު:

މަރުހަލާ

ތާރީޚް/ގަޑި/ތަން

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން:

07 ޖުލައި 2025 ، 11:30 ގެ ނިޔަލަށް / އީމެއިލް

މައުލޫމާތު ދިނުމުގެ ބައްދަލުވުން:

09 ޖުލައި 2025 ، 11:30 ގައި / ދޮންފަނު ކައުންސިލް/އޮންލައިން

އީމެއިލް މެދުވެރިކޮށް މަޢުލުމާތު ސާފުކުރުން:

10 ޖުލައި 2025 ، 11:30 ގެ ނިޔަލަށް / އީމެއިލް

ބީލަން ހުށަހެޅުމާއި ހުޅުވުން:

14 ޖުލައި 2025 ، 11:30 ގައި / ދޮންފަނު ކައުންސިލް

 

    މި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އިތުރު މައުލޫމާތު ދިނުމުގެ ގޮތުން ބޭއްވޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި އޮންލައިންކޮށް ބައިވެރިވުމަށް އެދޭ ފަރާތްތަކުން އެކަން ބަޔާންކޮށް ކައުންސިލަށް އީމެއިލްކުރުމުން އޮންލައިންކޮށް ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ފޯރުކޮށްދެވޭނެއެވެ.

މި ބީލަމާއި ގުޅިގެން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ އީމެއިލް ކުރައްވާނީ މި އިދާރާގެ އީމެއިލް: [email protected] އަށެވެ. ބީލަން ފޮތުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. މި އިޢުލާނާ ގުޅިގެން ބިންތަށް ދޫކުރެވޭ ސަރަހައްދު އެނގޭނެ ޗާޓެއް މި އިޢުލާނާއެކު އާންމުކުރެވިފައިވާނެއެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.   

16 ޖޫން 2025
ހޯދާ