ދިވެހިރާއްޖެ
ބ. ކިހާދޫ މެޖިސްޓްރޭޓް ކޯޓުގައި ހަރުކޮށްފައި ހުރި 3 އޭސީ ސާރވިސް ކުރުމަށް އަންދާސީ ހިސާބު ހުށަހެޅުމަށް މިކޯޓުގެ ނަންބަރ F6C-A/2025/4 (29 މެއި 2025) ގައި ކުރެވުނު އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަގުތަށް ބޮޑުވުމާއިގުޅިގެން އެ އިޢުލާން ބާތިލް ކޮށްފީމެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2025 ޖޫން 18 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން އީމެއިލް ނުވަތަ މިކޯޓަށް ޙާޟިރުވެ މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ސާފުކޮށް، 22 ޖޫން 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން އަގު ހުށަހެޅުން އެދެމެވެ. އަގު ހުށަހަޅާނީ މަސައްކަތުގެ އަގުގެ އިތުރުން މަސައްކަތްކޮށް ނިންމޭނެ މުއްދަތު ހިމަނައި، ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރަ ހުޅުވާނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ އެއްޙާޟިރެއްގައެވެ.
މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މި ކޯޓުގެ ނަންބަރ 6600355 އަށެވެ. އަދި އީމެއިލް ކުރައްވާނީ [email protected] އަށެވެ. މި މަސައްކަތައް އަގު ހުށައެޅުއްވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.