މަދްރަސަތުލް އިފްތިތާޙް
ދިވެހިރާއްޖެ
ޅ. ނައިފަރު ރެޒިޑެންޝަލް ލާނިން ސެންޓަރ (ދަނާލް) އިން ޖާގަ ދޫކުރުން

 

ޅ. ނައިފަރު ރެޒިޑެންޝަލް ލާނިން ސެންޓަރ (ދަނާލް) އިން ޖާގަ ދޫކުރުން

  • 3 ކޮޓަރީގެ އެޕާޓްމަންޓް

ރެސިޑެންޝަލް ލާނިންގ ސެންޓަރ (ދަނާލް) އިން 3 ކޮޓަރީގެ 9 އެޕާޓްމަންޓް، އެޕާޓްމަންޓް ހޯދުމަށް އެދޭފަރާތްތަކުން ދަނާލްގެ ޖާގައަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކުރެއްވުމަށްފަހު މިސްކޫލަށް ހުށަހެޅުއްވުމަށް އިޢުލާން ކުރީމެވެ.

  • 4 ކޮޓަރީގެ އެޕާޓްމަންޓް

ރެސިޑެންޝަލް ލާނިންގ ސެންޓަރ (ދަނާލް) އިން 4 ކޮޓަރީގެ 2 އެޕާޓްމަންޓް، އެޕާޓްމަންޓް ހޯދުމަށް އެދޭފަރާތްތަކުން ދަނާލްގެ ޖާގައަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކުރެއްވުމަށްފަހު މިސްކޫލަށް ހުށަހެޅުއްވުމަށް އިޢުލާން ކުރީމެވެ.

1.      އާރް.އެލް.ސީ ގެ އެޕާރޓްމަންޓް ހޯދުމަށް އެދޭ ފަރާތްތަކުގެ ހުންނަންވާ ޝަރުތުތައް

 

1.1  ދިވެހި ރައްޔިތަކަށް ވުމާއިއެކު ނައިފަރުގެ ރަށްވެއްސެއް ކަމުގައި ނުވުން. (އެހެން ނަމަވެސް ނައިފަރުގެ ދަފްތަރުގައި ތިއްބަވާ ފަރާތްތައް އިސްތިސްނާވާނެއެވެ)

1.2  ހުށަހަޅާ ފަރާތުގެ ބެލެނިވެރިކަމުގެ ދަށުގައި ޅ. ނައިފަރުގައި ހުރި ތަޢުލީމުދޭ ނުވަތަ ތަމްރީނުދޭ ސްކޫލް/މަރުކަޒެއްގައި ރަޖިސްޓްރީވެ ތަޢުލީމު ހާސިލު ކުރަމުންދާ، މަދުވެގެން 3 ދަރިވަރުން ތިބުން. ( އެޕާރޓްމަންޓް ލިބޭއިރު ފޯމްގައި ހުށަހަޅާފައިވާ އަދަދަށް ދަރިވަރުން ތިބުން)

1.3  ހުށަހަޅާ ފަރާތުގެ ބެލެނިވެރިކަމުގެ ދަށުގައި، ޅ. ނައިފަރުގައިހުރި ތަޢުލީމުދޭ ނުވަތަ ތަމްރީނުދޭ ސްކޫލް/މަރުކަޒެއްގައި ރަޖިސްޓްރީވެ ތަޢުލީމު ހާސިލު ކުރަމުން ދާ ދަރިވަރުންގެ ތެރެއިން، ފާއިތުވި ދިރާސީ އަހަރު،  ދަރިވަރުންގެ ހާޒިރީއިން 80 އިން ސައްތަ ހޯދާފައިވާ، އަޚްލާގީ ބޮޑެތި މައްސަލައެއް ދިމާވެފައިނުވާ ދަރިވަރުން

1.4  އާއްމު ތަޢުލީމުދޭ ސްކޫލެއްގައި ކިޔަވާ ދަރިވަރުން ފިޔަވާ، ތަޢުލީމާއި ތަމްރީނުދޭ އެހެން ޕްރޮގްރާމެއްގައި ބައިވެރިވެގެން އުޅޭ ދަރިވަރުންގެ ތެރެއިން، 1 (އެކެއް) މަސްދުވަހަށްވުރެ ކުރުނޫން ޕްރޮގްރާމެއްގައި ބައިވެރިވެގެން، ކިޔަވާ ދަރިވަރުން

1.5  އާރް.އެލް.ސީގެ އެޕާޓްމަންޓްތައް ދޫކުރެވޭނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންއިން ކަނޑައަޅާ ކުއްޔަކަށް، އެ އެޕާރޓްމަންޓުގައި އުޅޭ ދަރިވަރުން ބެލެހެއްޓުމާ ހަވާލުވެހުންނަ ބެލެނިވެރިއަކަށް ނުވަތަ މުވައްޒަފަކަށް

1.6  އެޕާރޓްމަންޓަށް އެދި ހުށަހަޅާފައިވާ ފަރާތް، އަދި އެފަރާތުގެ ބެލެނިވެރިކަމުގެ ދަށުގައި ހުށަހަޅާފައިވާ، ދަރިވަރުންގެ ތެރެއިން ކޮންޓްރެކްޓު ކުރެވޭ މުއްދަތުގައި ދަނާލުގައި ދިރިއުޅޭނެ އާއިލާއަކަށްވުން

1.7  އެޕާރޓްމަންޓް ލިބިފައިވާ ފަރާތަކަށް، ނުވަތަ އެފަރާތެއްގެ އަނބިމީހާ ނުވަތަ ފިރިމީހާ، އާރް.އެލް.ސީގެ އެހެން އެޕާޓްމަންޓަކަށް ކުރިމަތިލާފައި ނުވުން

1.8  ކުއްޔަށް ހިފާ ފަރާތުގެ ދެމަފިރިންކުރެ އެއްވެސް ފަރާތަކީ ދައުލަތުން ލިވިން އެލަވަންސް ލިބޭ ފަރާތަކަށް ނުވުން

1.9   4 ކޮޓަރީގައި ދިރިއުޅުމަށް ހުށަހަޅާފައިވާ މީހުންގެ އަދަދު 12 އަށްވުރެ ގިނަ ނުވުން އަދި 3 ކޮޓަރީގެ އެޕާރޓްމެންޓެއްގައި 10 މީހުންނަށް ވުރެ އިތުރު ނުވުން

 

2.      އާރް.އެލް.ސީއިން ޖާގަ ދިނުމުގައި ބަލާނެ އެހެނިހެން ކަންތައް

 

2.1  ދަނާލަށް އެދި ހުށަހަޅާ ފަރާތްތަކުގެތެރެއިން އެހެން ރަށަކަށް ނިސްބަތްވާ ދަރިވަރުންގެ ތެރެއިން އަމިއްލަ ރަށުގައި ލިބެންނެތް ތަޢުލީމީ ޚިދުމަތެއް ލިބިގަތުމަށް ނުވަތަ މަރުޙަލާއެއް ފުރިހަމަކުރަން އަންނަ ދަރިވަރުންނަށް އިސްކަންދެވޭނެއެވެ.

2.2  މަދުރަސާގައި ވަޒީފާ އަދާ ކުރުމަށް އެހެން ރައްރަށުން އަންނަ މުދައްރިސުންގެ ތެރެއިން ދާއިމީ މަގާމުގައި ތިބި މުވައްޒަފުން ހިމެނޭ އާއިލާތައް

2.3  ސްކޫލުގައި ތަޢުލީމު ޙާސިލު ކުރަމުންދާ ދަރިވަރުންގެ ތެރެއިން، ޚާއްސަ އެހީއަށް ބޭނުންވާ އަދި ޚާއްސަ ހާލަތެއް މެދުވެރިވެ ދިރިއުޅުން އެހެން ތަނަކަށް ބަދަލުކުރަން ކަމާބެހޭ ފަރާތް ތަކުން އިރުޝާދު ދެއްވާފައިވާ ދަރިވަރުންނާއި އެދަރިވަރުންގެ ބެލެނިވެރިން (ކަމާ ގުޅޭ މުއައްސަސާއެއްގެ ތައްގަނޑު ޖަހާފައިވާ ލިއުން ހުށަހެޅުމުން)

2.4  ދަނާލުގެ އެޕާރޓްމަންޓުގައި ދިރިއުޅޭތާ 3 އަހަރަށްވުރެ ގިނަވެފައިވާ ފަރާތްތަކަށް އެޕާރޓްމަންޓު ދޫކުރާނީ އެކަމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ފަރާތްތަކެއް ނެތްނަމައެވެ

3.  ޕޮއިންޓް ދިނުމަށް ކަނޑައެޅިފައިވާ އުސޫލު

3.1  ދަނާލުގައި ބައިތިއްބުމަށް ހުށަހަޅާ ކޮންމެ ކިޔަވާ ދަރިވަރަކަށް 5 ޕޮއިންޓް (މި ބަޔަށް އެންމެ ގިނަވެގެން ދެވޭނީ ޖުމުލަ 40 ޕޮއިންޓް)

3.2  ދަނާލުގައި ބައިތިއްބުމަށް ހުށަހަޅާ ދަރިވަރުންގެ ތެރެއިން މަދްރަސްތުލް އިފްތިތާހުގައި ތައުލީމު ހާސިލު ކުރާ ދަރިވަރުން، މަދުރަސާގައި ހޭދަކޮށްފައިވާ މުއްދަތަށް ބަލާ ކޮންމެ އަހަރަކަށް 3 ޕޮއިންޓް

3.3  ދަނާލުގައި ބައިތިއްބުމަށް ހުށަހަޅާ ދަރިވަރުންގެ ތެރެއިން ޅ. ނައިފަރު ދަފްތަރުގައި ރަޖިސްޓްރީވެފައިވާ، މަދްރަސްތުލް އިފްތިތާހުގައި ތައުލީމު ހާސިލު ކުރާ ކޮންމެ ދަރިވަރަކަށް 3 ޕޮއިންޓް

 

4.  ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ޕޮއިންޓް ދިނުމުން ޕޮއިންޓް އެއްވަރުވާ ހާލަތުގައި ކަންކުރާނެ ގޮތް

4.1  ކުރިމަތިލާ ފަރާތްތަކަށް ލިބޭ ޕޮއިންޓް އެއްވަރުވާ ހާލަތުގައި އެ އާއިލާތަކުގެ ކިޔަވާ ކުދިންގެ އަދަދު ގިނަ އާއިލާއަށް

4.2  ކުރިމަތިލާ ފަރާތްތަކަށް ލިބޭ ޕޮއިންޓް އެއްވަރުވާ ހާލަތުގައި އެ އާއިލާތަކުގެ ކިޔަވާ ކުދިންގެ އަދަދު އެއްވަރުވާނަމަ ހާއްސައެހީއަށް ބޭނުންވާ ދަރިވަރުން ތިބިތޯ އެވެ.

4.3  މަތީގައިވާ ދެގޮތުންވެސް އެއްވަރުވާނަމަ ބަލާނީ އެދިފައިވާ އާއިލާތައް ރަޖިސްޓްރީވެފައިވާ ރަށުން ލިބެންނެތް ތައުލީމެއް ހޯދުމަށް ނޫނީ ދަރިވަރަކަށް ދޭންޖެހޭ ފަރުވާއެއް ދިނުމަށް ޅ. ނައިފަރަށް ބަދަލުވާ އާއިލާއެއްތޯއެވެ.

4.4  މި ހުރިހާ ގޮތަކުން ބަލާ  ޕޮއިންޓް އެއްވަރުވާ ހާލަތުގައި އެ އާއިލާތަކުގެ މެދުގައި ގުރުއަތުލައިގެންނެވެ.

5.  ޅ. ނައިފަރު އާރް.އެލް.ސީގެ އެޕާރޓްމަންޓް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ އަގުތައް

5.1   3 ކޮޓަރީގެ އެޕާޓްމަންޓެއްގެ މަހުކުލި -/4000 (ހަތަރުހާސް ރުފިޔާ)

5.2   4 ކޮޓަރީގެ އެޕާޓްމަންޓެއްގެ މަހުކުލި -/5000 (ފަސްހާސް ރުފިޔާ)

5.3 ދަނާލުން ޖާގަ ދުކުރެވޭނީ އެކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިއުލާނުގައި ޝަރުތު ހަމަވާ ފަރޭތްތަކަށެވެ. ދަނާލްގެ ޖާގައަށް އެދޭފޯމް ރަސްމީ ގަޑީގައި ސްކޫލް އޮފީހުން ލިބެން ހުންނާނެއެވެ.

5.4 ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ 06 ޖުލައި 2025 ވާ އާދިއްތަ ދުވަހު 12:00 ގެ ކުރިންނެވެ. އެތާރީހުގެ ފަހުން ހުށަހަޅާ ފޯމުތައް ބަލައި ނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

6.  ހުށަހަޅަން ޖެހޭ ލިޔުންތައް

6.1 ފުރިހަމަ ކޮށްފައިވާ "ދަނާލުން ޖާގަ ހޯދުމަށް އެދޭ ފޯމް"

6.2 ފޯމް ހުށަހަޅާ ފަރާތުގެ މުއްދަތުހަމަނުވާ އައިޑީ ކާޑުގެ ކޮޕީ

6.3 އެޕާޓްމަންޓްގައި ދިރިއުޅޭނެކަމަށް ފޯމްގައި ބަޔާންކުރާ ދަރިވަރުންނާއި އެހެންމީހުންގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ

6.4 2025 ވަނަ އަހަރު މަދްރަސަތުލް އިފްތިތާޙްގައި ކިޔެވުމަށް ފުރުސަތު ލިބިފައިވާނަމަ އެކަމުގެ ލިޔުން ހުށަހެޅުން

6.5 އެޕާޓްމަންޓް ލިބިއްޖެނަމަ އެޕާޓްމަންޓް ހޯދަން އެދޭ ފަރާތް ނުވަތަ އެފަރާތުގެ ދަރިއެއް ނުވަތަ ދަރިން އެޕާޓްމަންޓްގައި ދިރިއުޅޭނެ ކަމުގެ އިގުރާރުގެ ސިޓީ

6.6 ފޯމު ހުށަހަޅާ ކުދިންނަށް މަދްރަސަތުލް އިފްތިތާހުން ޖާގަ ލިބޭނެކަން އަންގައިދޭ މަދްރަސާގެ ލިޔުން.

7.          އެޕާރޓްމަންޓް ހަވާލުކުރުމާއި ދޫކޮށްލުން

އެޕާޓްމަންޓު ހަވާލުކުރާނީ އެޕާރޓްމަންޓަށް އެދި ހުށަހަޅާ ލިޔެކިއުންތައްބަލާ އޭގެ ސައްހަކަން ކަށަވަރުކުރުމަށްފަހު، އެޕާޓްމަންޓް ކުއްޔަށްހިފާ ފަރާތާއި މަދަރުސަތުލް އިފްތިތާހާއި ދެމެދު ވެވޭ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު މަދްރަސާގެ އޮފީހުންނެވެ.

16 ޖޫން 2025

     

16 ޖޫން 2025
ހޯދާ